ކެލިފޯނިއާގައި 60 ފޫޓުގެ ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓުނު އަހެއް ހެލިކޮޕްޓަރެއްގެ އެހީގައި ސަލާމަތްކޮށްފިއެވެ.
އޮރެންޖް ކައުންޓީ ފަޔަރ އޮތޯރިޓީ އިން ބުނިގޮތުގައި ލޯލާ ނަމަކަށް ކިޔާ 8 އަހަރުގެ މި އަސް ފުން ވަޅުގަނޑަށް ވެއްޓުމުގެ ކުރިން އަސް ދުއްވަން އިން އޭގެ ވެރިޔާ ޕާކު ތެރެއަށް ވަނީ އެއްލާލައިފައެވެ.
ފަޔަރފައިޓަރުން ބުނާގޮތުގައި ލޯލާ ސަލާމަތް ކުރަން ހެލިކޮޕްޓަރު ގެންނަން ނިންމީ އެތަނަކީ އަހެއް ނެގޭ ވަރަށް ވުރެ މާ ކަތި ތަނަކަށް ވުމުންނެވެ.
އަސް ސަލާމަތުން ނެގުމަށްޓަކައި ފުރަތަމަ ޖަނަވާރުން ބަލާ ޑޮކްޓަރަކު އެތަނަށް ފައިބާ، އަސް ހޭނެއްތިއެވެ. އަދި އަސް އެތަނުން ނެގުމަށްފަހު އޭގެ ވެރިމީހާއަށް އަސް ހަވާލުކުރިއިރު އެސޮރަށް މާ ބޮޑު ގެއްލުމެއް ނުލިބެއެވެ.