Support Us

60 ފޫޓުގެ ފުން ވަޅުގަނޑަކަށް ވެއްޓުނު އަހެއް ހެލިކޮޕްޓަރެއްގެ އެހީގައި ސަލާމަތްކޮށްފި

ކެލިފޯނިއާގައި 60 ފޫޓުގެ ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓުނު އަހެއް ހެލިކޮޕްޓަރެއްގެ އެހީގައި ސަލާމަތްކޮށްފިއެވެ.

އޮރެންޖް ކައުންޓީ ފަޔަރ އޮތޯރިޓީ އިން ބުނިގޮތުގައި ލޯލާ ނަމަކަށް ކިޔާ 8 އަހަރުގެ މި އަސް ފުން ވަޅުގަނޑަށް  ވެއްޓުމުގެ ކުރިން އަސް ދުއްވަން އިން އޭގެ ވެރިޔާ ޕާކު ތެރެއަށް ވަނީ އެއްލާލައިފައެވެ.

 

ފަޔަރފައިޓަރުން ބުނާގޮތުގައި ލޯލާ ސަލާމަތް ކުރަން ހެލިކޮޕްޓަރު ގެންނަން ނިންމީ އެތަނަކީ އަހެއް ނެގޭ ވަރަށް ވުރެ މާ ކަތި ތަނަކަށް ވުމުންނެވެ.

އަސް ސަލާމަތުން ނެގުމަށްޓަކައި ފުރަތަމަ ޖަނަވާރުން ބަލާ ޑޮކްޓަރަކު އެތަނަށް ފައިބާ، އަސް ހޭނެއްތިއެވެ. އަދި އަސް އެތަނުން ނެގުމަށްފަހު އޭގެ ވެރިމީހާއަށް އަސް ހަވާލުކުރިއިރު އެސޮރަށް މާ ބޮޑު ގެއްލުމެއް ނުލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *