Support Us

50 މިލިއަން ޑޮލަރުގެ އަގު ހުރި ބްރާއެއް

ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ 50 މިލިއަން ޑޮލަރު (773 މިލިއަން ރުފިޔާ)ގެ އަގު ހުރި އަލިމަސް ޖެހި ބްރާއެއް ދައްކައިލައިފިއެވެ.

އަންހެނުން އެތެރެއިން ލައި އަންނައުނާއި ނިދާ ހެދުން ތައްޔާރުކުރާ އެމެރިކާގެ ވިކްޓޯރިއާސް ސީކްރެޓް ކުންފުނިން މި ދިޔަ އާދީއްތަ ދުވަހު އެމެރިކާގެ އެންޖަލަސް ސިޓީގައި ބޭއްވި ފެޝަން ޝޯގައި ދައްކައިލި މި ހާއްސަ ބްރާގެ އަގަކީ ރެކޯޑެކެވެ. ސަބަބަކީ ގަހަނާ ހަދާ ކުންފުނި ޖެކޮބް އެންޑް ކޯއިން ތައްޔާރުކުރި މި ފަރުމާއަކީ ވިކްޓޯރިއާސް ސީކްރެޓްގެ ތާރީހުގައިވެސް އެންމެ އަގުބޮޑު ޑިޒައިން ކަމަށްވާތީއެވެ.

މި ފެންޓަސީ ބްރާގައި ޖުމްލަ 1,373 ކެރަޓުގެ 4,410 ގުދުރަތީ އަލިމަސް ހިމެނެއެވެ.

މީގެ އެންމެ ހާއްސަ ބަޔަކީ މެދުގައިވާ 75.54 ކެރަޓުގެ ރޭޑިއަންޓް-ކަޓް ފެންސީ ވިވިޑް ރީނދޫ އަލިމަހެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި އަލިމަހުގެ އަގުވެސް 22 މިލިއަން ޑޮލަރު (340.12 މިލިއަން ރުފިޔާ)އަށް އަރައެވެ.

އަށާރަ ކެރަޓުގެ ރަނުން ހަދައިފައިވައި ބަރުދަނުގައި ގާތްގަނޑަކަށް ދެ ކިލޯ ހުރި މި އުފެއްދުން ނިންމުމަށް 15 މަސައްކަތްތެރިން 1,000 ގަޑިއިރަށްވުރެ ދިގު މުއްދަތެއް ހޭދަކުރިއެވެ.

ފެޝަން ޝޯގެ ފަހުން ބޭއްވި ޕާޓީގައި ކައިލީވަނީ ކްރިސްޓަލް ހަރުކޮށްފައިވާ ދެ ވަނަ ބްރާއެއް ދައްކައިލައިފައެވެ. ނަމަވެސް އެ ބްރާގެ އަގު ހާމަކޮށްފައެއްނުވެއެވެ.

"އަހަރެން ގަބޫލުކުރަނީ މި އުފެއްދުން ބިނާވާންޖެހޭނީ އަލިމަހާއި އެއިން ފާޅުވާ އަލިކަމާއި އަދި ހަރަކާތްތަކުގެ މައްޗަށްކަމަށް،" ޖެކޮބް އެންޑް ކޯ ކުންފުނީގެ ބާނީ އަދި ކްރިއޭޓިވް ޑިރެކްޓަރު ޖެކޮބް އަރާބޯ ބުންޏެވެ.

ފެންޓަސީ ބްރާގެ އާދަކާދަ ފެށީ 1999 ގައި ޖަރުމަނުގެ ސުޕަމޮޑެލް އަދި ފިލްމީ ތަރި ކްލޯޑިއާ ޝިފާ ތައާރަފުކުރި އެއް މިލިއަން ޑޮލަރު (15.42 މިލިއަން ރުފިޔާ)ގެ ފަރުމާއަކުންނެވެ. ފެންޓަސީ ބްރާ ދައްކައިލި މީހުންގެ ތެރޭގައި ހައިޑީ ކްލުމް އަދި ޖިސެލް ބުންޑްޗެން ހިމެނެއެވެ. ޖިސެލް 2000 ގައި ދައްކައިލި "ރެޑް ހޮޓް ފެންޓަސީ ބްރާ"ގެ އަގަކީ 15 މިލިއަން ޑޮލަރު (231.9 މިލިއަން ރުފިޔާ)އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *