Support Us

ޕާކިސްތާންގެ މާރުކޭޓެއްގައި ދިން ބޮމުގެ ހަމަލާއެއްގައި 9 މަރު

ޕާކިސްތާންގެ ހައިބަރު ޕަކްޓުންކުވާ ޕްރޮވިންސްގެ ލައްކި މަރްވަތު އަވަށުގައި މިއަދު ދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން ނުވަ މީހުން މަރުވެ، 25 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

އޮފިޝަލުން ބުނީ ބޮން ހަރުކޮށްފައިވަނީ ބާޒާރެއްގައި ޕާކްކޮށްފައި އޮތް ކުރޮޅި (ފޮޓޯ)އެއްގައި ކަމަށާއި މަރުވި މީހުންގެ ތެރޭގައި ދެ ޓްރެފިކް ފުލުހުންނާއި އަންހެނަކު ހިމެނޭ ކަމަށެވެ.

"އަހަރެމެން ގަބޫލުކުރަނީ މި ހަމަލާއަކީ ފުލުހުންނަށް އަމާޒުކުރި ހަމަލާއެއް ކަމަށް. މަރުވި ގިނަ މީހުންނަކީ އެ ހިސާބުން ހިނގާފައި ދިޔަ މީހުން،" އަވަށުގެ ފުލުހުންގެ ވެރިޔާ އަޒްމަތުﷲ ބުންޏެވެ.

ބޮޑުވަޒީރު ޝަހްބާޒު ޝަރީފު ވަނީ މި ހަމަލާ ކުށްވެރިކުރައްވައި، އަވަސް ތަހުގީގެއް ފެށުމަށް އަމުރުކުރައްވައިފައެވެ.

"މިއީ ޓެރަރިޒަމްގެ ފިނޑި ހަމަލާއެއް،" އޭނާ ވިދާޅުވިއެވެ.

މި ހަމަލާ މި ދިނީ އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 15 ފުލުހުން މަރުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

މިއަދުގެ ހަމަލާގެ ޒިންމާ ވަކި ބަޔަކު ނުނެގިޔަސް ޕާކިސްތާނުން ބުނީ މިއީ އަފްޣާނިސްތާންގެ ސަރުކާރާ ގުޅިފައިވާ ޕާކިސްތާން ތޯލިބާން، ތަހްރީކޭތޯލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)އިން ދިން ހަމަލާއެއް ކަމަށެވެ.

އަފްޣާނިސްތާންގެ ތޯލިބާން ސަރުކާރުގެ ތަރުޖަމާނު ޒާބިހުﷲ މުޖާހިދު ބުނީ އެހެން ގައުމުތަކަށް ހަމަލާދިނުމަށް އަފްޣާނިސްތާންގައި ހަނގުރާމަވެރިން ހަރަކާތްތެރިވާން އަފްޣާނިސްތާންގެ ތޯލިބާން ސަރުކާރުން ފުރުސަތު ނުދޭ ކަމަށެވެ.

އަފްޣާނިސްތާންގެ ސަރުކާރާ ތޯލިބާން ޖަމާއަތް 2021 ގައި އަލުން ހަވާލުވުމުން ހަނގުރާމަވެރި ގްރޫޕްތަކުން ވަނީ އަފްޣާނިސްތާންގައި ކުރިއަށްވުރެ ވަރުގަދައަށް ހަރަކާތްތެރިވާން ފަށައިފައެވެ.

މި ދިޔަ ފެބްރުއަރީ މަހުން ފަށައިގެ ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ. އެހެން އޮއްވައި މި ދިޔަ މަހު ޗައިނާއިން މެދުވެރިވެގެން ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްހައިގެ ވާހަކަތައް ބޭއްވުމުން ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް ބަދަލުކުރަމުންދާ ހަމަލާތައް ވަނީ މަދުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *