Support Us

ރަޝިޔާ، އުތުރު ކޮރެއާއާ ދެމެދު ފުރަތަމަ ހަލިމަގު ބްރިޖު ހަދައި ނިމިއްޖެ

ރަޝިޔާ އާއި އުތުރު ކޮރެއާއާ ދެމެދު ފުރަތަމަ ހަލިމަގު ބްރިޖް ހަދައި ނިމިއްޖެއެވެ.

މިއީ 1959 ގައި "ފްރެންޑްޝިޕް ބްރިޖް" ނުވަތަ ލަފުޒީ މާނައިން "ރަހްމަތްތެރިކަމުގެ ބްރިޖް"ގެ ނަމުގައި ރޭލު ދަތުރުކުރާ ބްރިޖެއް ދެ ގައުމުގެ ދެމެދުގައި ހެދުމުގެ އިތުރުން އާދައިގެ ވެހިކަލްތައް ދެ ގައުމުގެ ދެމެދުގައި ދަތުރުކުރުމަށް މަގުފަހިކުރަން ހެދި ހަލިމަގު ބްރިޖެކެވެ.

ގާތްގަނޑަކަށް 850 މީޓަރު (2،789 ފޫޓު)ގެ ދިގު މި ބްރިޖް (ފޮޓޯ) ހުޅުވަން ހަމަޖައްސައިފައިވަނީ އަންނަ ޖޫން މަހުއެވެ.

ދެ ގައުމުގެ ދެމެދުގައި އޮންނަ ޓޫމަން ކޯރުގެ މަތިން ހަދައިފައިވާ މި ބްރިޖުން ދުވާލަކު 300 ކާރަށް ދަތުރުކުރެވޭނެ ކަމަށް އޮފިޝަލުން ބުންޏެވެ.

މި ބްރިޖަކީ 2024 ގައި ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން އުތުރު ކޮރެއާއަށް ކުރެއްވި ދަތުރެއްގައި އުތުރު ކޮރެއާއާއެކު ހެއްދެވި އެއްބަސްވުމެއްގެ ދަށުން ހެދި ބްރިޖެކެވެ.

އުތުރު ކޮރެއާ އާއި ރަޝިޔާގެ ދެމެދުގައި ސަގާފީ އަދި އިގުތިސާދީ ގުޅުން ހަރުދަނާވުމުގެ އިތުރުން ސިޔާސީ އަދި އަސްކަރީ ގުޅުން ވެސް ދަނީ ވަރުގަދަވަމުންނެވެ. އެ ގޮތުން، ރަޝިޔާއިން ޔޫކްރެއިން އެއްކޮށް ހިފަން ކުރަމުންދާ ހަނގުރައިމައިގައި ރަޝިޔާގެ ފައުޖުތަކާއެކު ހަނގުރާމަކުރުމަށް އުތުރު ކޮރެއާއިން ވަނީ އެތައް ހާސް ސިފައިން ވެސް ފޮނުވައިފައެވެ.

އަލަށް ހެދި މި ހަލިމަގު ބްރިޖްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި ފަތުރުވެރިކަން ކުރިއަރާނެ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.

ރަޝިޔާއިން ބުނީ ރަޝިޔާގެ ހަލިމަގު ވިއުގައާ ގުޅައިލައިފައިވާ މި ބްރިޖްގެ ސަބަބުން ދެ ގައުމުގެ އިގުތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.

"މިއީ ހަގީގަތުގައި ވެސް ފާހަގަކޮށްލެވޭ މުނާސަބަތެއް،" ބްރިޖް ހަދައި ނިމުން ފާހަގަކުރުމުގެ ގޮތުން ރަޝިޔާގެ ދަތުރުފަތުރާ ބެހޭ ވަޒީރު އަންޑްރޭ ނިކިޓިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *