Support Us

އެފްރިކާގެ ރެފިއުޖީންތަކެއް މެޑިޓެރޭނިއަން ކަނޑުން ހިޖުރަކުރަން އުޅެނިކޮށް ތޫނިސްއިން އިންޓަސެޕްޓްކޮށްފައި

މިދިޔަ އަހަރު 8،000 ހިޖުރަވެރިން ކަނޑުމަތިން މަރުވެ ނުވަތަ ގެއްލިފައިވޭ: އދ.

މި ދިޔަ އަހަރު 8،000 އެއްހާ ހިޖުރަވެރިން ކަނޑުމަތިން މަރުވެ ނުވަތަ ގެއްލިފައިވާ ކަމަށް އދ.ގެ ހިޖުރަވެރިންނާ ބެހޭ ޖަމިއްޔާއިން ބުނެފިއެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަން (އައި.އޯ.އެމް)އިން ބުނީ މިދިޔަ އަހަރު 7،904 ހިޖުރަވެރިން މަރުވެ ނުވަތަ ގެއްލިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށާއި މިއީ 2024 ގެ ތަފާސްހިސާބުތަކަށްވުރެ ދަށް އަދަދެއް ކަމަށްވީ ބައެއް މައުލޫމާތު ލިބެން ނެތުމުން ކަމަށްވުން އެކަށީގެންވާ ކަމަށެވެ. އެ ގޮތުން މަރުވެ ނުވަތަ ގެއްލިފައިވާ ކަމަށް ބެލެވޭ 1،500 ހިޖުރަވެރިންނަށް ވީ ގޮތް ކަށަވަރު ކުރެވައިފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މަރުވި ނުވަތަ ގެއްލުނު ހިޖުރަވެރިންގެ ތެރޭގައި ބަނގްލަދޭޝް އަދި މިޔަންމާގެ ރޮހިންގްޔާ ނަސްލުގެ މީހުން ފާހަގަކުރެވޭ އަދަދަކަށް ގިނަ ކަމަށް އައި.އޯ.އެމުން ބުންޏެވެ.

އެ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނީ 2024 އަކީ އެންމެ ގިނައިން ހިޖުރަވެރިން މަރުވި ނުވަތަ ގެއްލުނު ކަމަށް ރެކޯޑު ކުރެވިފައިވާ އަހަރު ކަމަށެވެ. އެ އަހަރު 9،197 ހިޖުރަވެރިން މަރުވެ ނުވަތަ ގެއްލިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.

އެންމެ ނުރައްކާތެރި ކަމަށް ފާހަގަ ކުރެވިފައިވަނީ ޔޫރަޕަށް ދާ ކަނޑުމަތީގެ މަގުތަކެވެ. އެ ގޮތުން ބައެއް އުޅަނދުފަހަރު އެއްކޮށް ގެއްލިފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

"މި ތަފާސްހިސާބުތަކުން ދައްކައިދެނީ އަހަރެމެން އެންމެނަށް ވެސް މި ހިތާމަވެރި ހާދިސާތައް ހިނގިޔަ ނުދިނުމަށް ނުކުޅެދިފައިވާކަން،" އައި.އޯ.އެމްގެ އިންސާނީ އެހީއާ ބެހޭ ވެރިޔާ މަރީއާ މޮއިޓާ ބުންޏެވެ.

"މި ތަފާސްހިސާބުތަކުން ދައްކައިދެނީ ނުރައްކާތެރި ދަތުރުތައް މީހުންކުރާކަމާއި އެ މީހުންގެ އާއިލާތައް އިންތިޒާރުގައި ތިބުމަށް ދޫކޮށްލެވިފައިވާކަން،" އެ ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް އޭމީ ޕޯޕް ބުންޏެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2014 އިން ފެށިގެން ކަނޑުމަތީގައި މަރުވި ހިޖުރަވެރިންގެ އަދަދު 82،000 އަށް އަރައެވެ. އެ ކަމުގެ އަސަރު 340،000 އާއިލާއަށް ކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *