Support Us

ދެކުނު ކޮރެއާގެ ޑޭޖަން ސިޓީގެ އަލިފާން ނިއްވާ އިދާރާއިން ހާމަކުރި، ޒުލުން ފިލި މިނިކާ ކުއްތާގެ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް

މިނިކާ ކުއްތާއެއް ޒުލުން ފިލުމުން ޕްރިސްކޫލެއްގެ ކިޔެވުން މެދުކަނޑައިލައިފި

ދެކުނު ކޮރެއާގެ ހައިވާނު ބަގީޗާއަކުން ވުލްފް ނުވަތަ މިނިކާ ކުއްތާއެއް ފިލުމުން ޕްރިސްކޫލެއްގެ ކިޔެވުން މެދުކަނޑައިލައިފިއެވެ.

ޑޭޖަން ސިޓީގެ އޯ-ވޯލްޑް ޒުލުން ބިން ކޮނެގެން ފިލި އުމުރުން ދެ އަހަރުގެ، "ނޫކްގޫ"ގެ ނަން ދީފައިވާ ފިރިހެން މިނިކާ ކުއްތާ ފިލީ ބުދަ ދުވަހުއެވެ. އެ ސޮރު ހޯދުމުގެ މަސައްކަތް މިއަދު ވެސް ކުރިއަށް އެބަދެއެވެ.

ނޫކްގޫ ހޯދުމުގައި 400 މީހުން ހަރަކާތްތެރިވެއެވެ. އޭގެ ތެރޭގައި އަސްކަރިއްޔާ، ފުލުހުން، އަލިފާން ނިއްވާ ޓީމުތައް އަދި ޕްރޮފެޝަނަލްކޮށް ޝިކާރަކުރާ މީހުން ހިމެނެއެވެ.

ނޫކްގޫ ފިލައިގެން އުޅޭތާ މިހާރު މިއީ ތިންވަނަ ދުވަސް ކަމަށްވާތީ އޮފިޝަލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ އެ ސޮރު ބަނޑުހައިވެގެން ނުރައްކާތެރި ކަމެއް ކޮށްފާނެތީއެވެ.

"ވަރަށް ހަނި ވަގުތެއްގެ ތެރޭގައި އަހަރެމެން މި މަސައްކަތްކުރަނީ މި މައްސަލައަށް ހައްލެއް ގެނައުމަށް. އެއީ އެ ސޮރު ސަލާމަތުން ހުރުމަށް އެ ސޮރު މީހުންނަށް ހަމަލާދިނުމުގެ ފުރުސަތު ނުދިނުމަށް،" ޑޭޖަން ސަހަރުގެ އަލިފާން ނިއްވާ އިދާރާގެ ޑިރެކްޓަރު ޕާކް ނާމް-ކޫ ބުންޏެވެ.

ނޫކްގޫ ހޯދުމުގައި ކުރިމަތިވެފައިވާ ދަތިތަކުގެ ތެރޭގައި ޑޭޖަންގައި ކުދި ފަރުބަދަތައް ހުރުން ހިމެނެއެވެ. އަދި މީގެ އިތުރުން މި ދުވަސްވަރު ވިއްސާރަވެހޭތީ އެ ސޮރުގެ ވަސް ހޯދައިގެން، ވަސްގަނެގެން އެއްޗެހި ހޯދާ ކުއްތާތަކަށް އެ ސޮރު ހޯދައިގަތުމަށް ވަނީ ނުކުޅެދިފައެވެ.

އޮފިޝަލުން ދަނީ މިނިކާ ކުއްތާ ގޮވާ އަޑުގެ ރެކޯޑިން ވެސް ޒޫ ކައިރީގައި އިއްވަމުންނެވެ. އެއީ އެ ހިސާބަށް ނޫކްގޫ އާދޭތޯއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *