Support Us

ގޯސްވެފައިވާ ގުޅުން ރަނގަޅުކުރަން ބަނގްލަދޭޝްގެ ހާރިޖީ ވަޒީރު އިންޑިއާއަށް

ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް އިންޑިއާއިން ހިމާޔަތް ދީފާއިވާތީ ދެ ގައުމުގެ ގޯސްވެފައިވާ ގުޅުން ރަނގަޅުކުރުމަށް ބަނގްލަދޭޝްގެ ހާރިޖީ ވަޒީރު ހަލީލުއްރަހްމާން މިއަދު އިންޑިއާއަށް ވަޑައިގެންފިއެވެ.

އިސްތިއުފާ ދެއްވައިފައި ހަސީނާ އިންޑިއާއަށް ފިއްލަވައިގެން ވަޑައިގަތް އިންޑިއާއިން ހިމާޔަތް ހޯއްދެވީ 2024 ގައި އޭނާގެ ވެރިކަމާ ދެކޮޅަށްކުރި މުޒާހަރާތަކާ ގުޅިގެންނެވެ. ދެ ގައުމުގެ ގުޅުން ގޯސްވީ މުޒާހަރާތަކުގައި 1،400 މީހުން މަރައިލިކަމުގެ ކުށް ސާބިތުވެ ހަސީނާއަށް މަރުގެ ހުކުމް އިއްވުމުން، ހަސީނާ ބަނގްލަދޭޝްއަށް އަނބުރާ ނުފޮނުވަން އިންޑިއާއިން ނިންމުމުންނެވެ.

ސިޔާސީ ކުށެއްގައި މަރުގެ ހުކުމް އިއްވާ މީހުން އަނބުރާ ގައުމަށް ފޮނުވުމަށް އިންޑިއާގެ ގާނޫނު ހުއްދައެއް ނުކުރެއެވެ. އަދި އިންޑިއާއިން ވަނީ ހަސީނާއަށް ލިބުނީ ބައިނަލްއަގުވާމީ މިންގަނޑުން އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް ބުނެފައެވެ. މީގެ އިތުރުން 15 އަހަރު ވަންދެން އިންޑިއާއާ ރަނގަޅު ގުޅުމެއް ބޭއްވެވި ހަސީނާ އަނބުރާ ފޮނުވައިލައިފިނަމަ އަވަށްޓެރި އެހެން ގައުމުތަކުގެ ލީޑަރުން އިންޑިއާއަށް އިތުބާރު ނުކޮށްފާނެތީ ވެސް އިންޑިއާއިން ޖެހިލުންވެއެވެ.

ތިން ދުވަހުގެ ދަތުރުގައި އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަހްމަންޔަމް ޖައިޝަންކަރުއާ ހަލީލުއްރަހްމާން (ފޮޓޯ) މިއަދު ބައްދަލުކުރައްވަން ހަމަޖެހިފައިވެއެވެ.

ހަލީލުއްރަހްމާނަކީ ހަސީނާގެ ސަރުކާރު ވެއްޓުމުން ބަނގްލަދޭޝްގައި ބޭއްވި އިންތިހާބަށްފަހު މި އަހަރު އިންތިހާބުވި ބޮޑުވަޒީރު ތޯރިގް ރަހްމާންގެ ސަރުކާރުން ކަނޑައެޅި ހާރިޖީ ވަޒީރެވެ. އަދި މިއީ ތޯރިގު ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތް ފަހުން ބަނގްލަދޭޝް ސަރުކާރުގެ އެންމެ އިސް އޮފިޝަލަކު އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

"ހަލީލުއްރަހްމާންގެ ދަތުރަކީ ދެ ގައުމުގެ ގުޅުން ހަރުދަނާކުރަން ކުރައްވާ ދަތުރެއް،" ބަނގްލަދޭޝްއިން ބުންޏެވެ.

ބަނގްލަދޭޝްގެ އޮފިޝަލުން ބުނީ މި ދަތުރުގައި ހަކަތަ، ވިޔަފާރި، ވިސާ އަދި ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން ހަލީލުއްރަހްމާން އިންޑިއާގެ އޮފިޝަލުންނާ މަޝްވަރާކުރައްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *