ވެރިޔަކު ނެތި މަގުމަތީގައި އުޅޭ ކުކުޅުހާ މަރަން އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ހަވާއީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވިސްނަން ފަށައިފިއެވެ.
މި ކަމަށް ތާއީދުކުރާ މީހުން ބުނީ ހާލުގެ އަޑަކީ ދުއްތުރާލެއް ކަމަށާއި ކުކުޅުހާލުގެ ނަޖިހުން އާއްމުން ސަލާމަތްކުރަންޖެހޭ ކަމަށެވެ.
"މި ދޫނިތަކަކީ ބޮޑު މައްސަލައެއް. އަދި ވިހައިގެން ގިނަވަމުންދަނީ،" ވެރިރަށް ހޮނަލޫލޫގެ އިސްރަށްވެއްސެއް ކަމަށްވާ މޭސަން އައިއޯނާ ބުންޏެވެ.
އޮފިޝަލުން ބުނީ ކާބޯތަކެތި ފަހަތުން ދުވާ ކުކުޅުހާލުގެ ސަބަބުން ކުޑަކުދިން ބިރުގަންނަ ކަމަށެވެ.
ވެރިޔަކު ނެތް ކުކުޅުހާ މަރަން ތާއީދުކުރާ ފަރާތްތަކުން ބުނީ އެ ސޮރުމެން މެރުމަށް ތާއީދުކުރާ ސަބަބަކީ ކުކުޅުހާ ހިމާޔަތްކުރުމުގެ ޕްރޮގްރާމްތައް ވާނީ ހަރަދު ބޮޑު އަދި އެކަށީގެންވާ ގޮތަކަށް ކުރިއަށްނުގެންދެވޭނެ މަޝްރޫއުތަކަކަށް ވާނެތީ ކަމަށެވެ.
ވެރިޔަކު ނެތް ކުކުޅުހާ މެރުމާ ދެކޮޅު ފަރާތްތަކުން ބުނީ ކުކުޅުހާލަކީ ޕެސިފިކް ކަނޑުގެ މެދުތެރޭ އަދި ދެކުނުގެ 1،000 އެއްހާ ޖަޒީރާގެ ތާރީހާ ގުޅިފައިވާ ދޫނިތަކެއް ކަމަށެވެ.
"މެރުން ވާން ޖެހޭނީ އެހެން ހައްލެއް ނުފެނިއްޖެނަމަ އަޅާ އެންމެ ފަހު ފިޔަވަޅު ކަމަށް،" ހައިވާނުން ހިމާޔަތްކުރާ ޖަމާއަތެއްގެ މެންބަރަކު ބުންޏެވެ.



advertisment