Support Us

ޣައްޒާއަށް ދިން ހަމަލާއެއްގައި ހިފައިފައިވާ އަލިފާން ނިއްވައިލަން މަސައްކަތްކުރަނީ

ހަށިގަނޑު ފަނާކޮށްލާ ހަތިޔާރު އިސްރާއީލުން ޣައްޒާގައި ބޭނުންކުރޭ

ހަށިގަނޑު ފަނާކޮށްލާ ހަތިޔާރު އިސްރާއީލުން ޣައްޒާގައި ބޭނުންކުރާކަން ހާމަވެއްޖެއެވެ.

ގަތަރުގެ ހަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ އަލް ޖަޒީރާއިން ހިންގި ތަހުގީގަކުން އެނގުނީ ހޫނު ގަދަ ތާމަލް އަދި ތާމޯބެރިކް ހަތިޔާރު އިސްރާއީލުން ބޭނުންކުރާ ކަމެވެ. އެމެރިކާއިން ދިން މި ބާވަތުގެ ބައެއް ހަތިޔާރުން ހޫނުމިން 3،000 ޑިގްރީ ސެލްސިއަސްއަށް އަރާ އަލިފާންގަނޑު ހިފުމުން ހަށިގަނޑުތައް ވިރިގެން ގޮސްފައިވެއެވެ. ހަމައެކަނި ފެންނަން އޮންނަނީ މަރުވި މީހާގެ ލެއާއި މަސްގަނޑުން ކުދިކުދިވެފައިވާ އެތިކޮޅުކޮޅެވެ.

ޣައްޒާގެ މަދަނީ ދިފާއުން ބުނީ މި ގޮތަށް ފަނާކޮށްލި ފަލަސްތީން މީހުންގެ އަދަދު 2،842 އަށް އަރާ ކަމަށެވެ.

އެ އިދާރާގެ ތަރުޖަމާނު މަހްމޫދު ބާސަލް ބުނީ އެ ފަދަ ހަތިޔާރުން ހަމަލާ ދޭ ތަނެއް އެތައް ގޮތަކުން ބެލުމުން ވެސް ހަށިގަނޑެއް ނުފެންނަ ކަމަށެވެ.

"މިސާލަކަށް، އާއިލާއަކުން ބުނެފާނެ ތަނެއްގެ ތެރޭގައި ފަސް މީހުން ތިއްބޭ. ނަމަވެސް ފެންނަން އޮންނަނީ ފުރިހަމަކޮށް އޮތް ތިން ހަށިގަނޑު. މާނައަކީ އަނެއް މީހުންގެ ހަށިގަނޑުތައް 'އާތްވަށް’ވެގެން ދިޔައީއޭ،" އޭނާ ބުންޏެވެ.

އިސްރާއީލުން ބުނީ މި ކަހަލަ "ގާނޫނާ ހިލާފު އަމަލުތައް" ނުކުރާ ކަމަށެވެ.

"އަހަރެމެން ހަމަލާދެނީ ހަނގުރާމަވެރިންނަށް. އަދި އެއީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް،" އިސްރާއީލުގެ އޮފިޝަލަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *