Support Us

މި ދިޔަ އަހަރުގެ ސެޕްޓެމްބަރުގައި މިންގް ނަމަކަށް ކިޔާ މާފިޔާ ވިއުގައެއްގެ ޝަރީއަތް ޗައިނާގައި ކުރިއަށްދަނީ

ޗައިނާގައި 4 ސްކޭމަރުންނަށް މަރުގެ އަދަބު ދީފި

ޗައިނާގައި ހަތަރު ސްކޭމަރުންނަށް މަރުގެ އަދަބު ތަންފީޒުކޮށްފިއެވެ. ނަމަވެސް، ރާވައިގެން ކުށްކުރާ މާފިއާ ވައްޓަފާޅިއަށް ސްކޭމް ހިންގި "ބައި" ނަމަކަށް ކިޔާ ވިއުގައެއްގެ ހަތަރު މީހުންނަށް މަރުގެ ހުކުމް ތަންފީޒުކުރި ދުވަހެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ޝެންޒެން ސަރަހައްދުގެ ކޯޓަކުން އެ މީހުންނަށް މަރުގެ ހުކުމް އިއްވިއިރު ބުނެފައިވަނީ ސްކޭމްކުރުން ފަދަ ސީރިއަސް ކުށްތައް ހުއްޓުވޭނީ މަރުގެ އަދަބު ތަންފީޒުކޮށްގެން ކަމަށެވެ. ހަތަރު މީހުން މިޔަންމާގެ ކޮކަންގް ސަރަހައްދުގައި ޖުވާ ކުޅުމުގެ ވިޔުގައެއްގެ ޒަރީއާއިން ހިންގި ޖަރީމާތަކެއްގައި ޗައިނާގެ ހަ ރައްޔިތުން މަރައިލައިފައިވާއިރު ޝިކާރައަކަށްވި މީހުންނަށް މުޅިއަކު 4.1 ބިލިއަން ޑޮލަރު (63.3 ބިލިއަން ރުފިޔާ)ގެ ގެއްލުން ލިބުނެވެ.

މަރުގެ ހުކުމް ހަތަރު މީހުންނަށް އިއްވިއިރު ފްރޯޑް އާއި ގަސްދުގައި ޒަހަމް ދިނުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ކިޑްނެޕްކުރުމުގެ ދައުވާ ވެސް ވަނީ އެ މީހުންގެ މައްޗަށް ސާބިތުވެފައެވެ.

ކޯޓުން ބުނީ މަރުގެ ހުކުމް ތަންފީޒުކުރި މީހުންނަކީ "މުޖުތަމައަށް ހުރި ބޮޑު ނުރައްކަލެއް" ކަމަށެވެ.

"އެ މީހުން ކުރީ ނުބައިކަން ބޮޑުވެގެންވާ ޖިނާއީ ކުށްތަކެއް،" ކޯޓުން ބުންޏެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި ސަރަހައްދުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނީ އެއް ގައުމަށްވުރެ ގިނަ ގައުމު ހިމެނޭ ފްރޯޑް މައްސަލަތަކުގައި ޗައިނާއިން މަރުގެ ހުކުމް އިއްވުމަކީ ޗައިނާގައި އިންސާފު ތަންފީޒުކުރާ ގޮތާއި އެ ގައުމުގެ ގާނޫނީ އިޖުރާއަތްތައް ހުންނަ ގޮތާމެދު ކަންބޮޑުވުން އުފެދޭ ކަމެއް ކަމަށެވެ.

"ސްކޭމްތައް ހިންގާ މީހުންނަށް މަރުގެ ހުކުމް ތަންފީޒުކުރުމަކުން އެ ޖަރީމާތައް ހިންގުމަށް ކުށްވެރިންގެ ވިއުގަތަކަށް މަގުފަހިވާ ހާލަތްތަކަށް ހައްލެއް ވަކި ނާންނާނެ،" ފާޑުކިޔާ ފަރާތަކުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *