Support Us

އެމެރިކާއިން ރަޝިޔާ އާއި ޔޫކްރެއިނާ ދެމެދު ރާވައިދިން ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވި މަންދޫބުންނާ ޔޫ.އޭ.އީގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދުލްނަހްޔާން (މ) ބައްދަލުކުރައްވަނީ

ރަޝިޔާ އާއި ޔޫކްރެއިނާ ދެމެދު އެމެރިކާއިން ރާވައިދިން ސުލްހައިގެ ވާހަކަތައް ތޮޅިއަށް

ރަޝިޔާއިން ޔޫކްރެއިން ހިފަން ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް މަގުފަހިކުރުމަށް އެމެރިކާއިން އެ ދެ ގައުމުގެ ދެމެދުގައި ރާވައިދިން ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހި ނިމިއްޖެއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައި ހުކުރު ދުވަހުން އިއްޔެއަށް ބޭއްވި ވާހަކަތައް ފޭލިވީ ވާހަކަތައް ކުރިއަށް ދަނިކޮށް ރަޝިޔާއިން ހަމަލާތައް ކުރިއަށް ގެންދިއުމުން ކަމަށް ޔޫކްރެއިނުން އިއްޔެ ބުންޏެވެ.

ވާހަކަތައް ފޭލިވި ނަމަވެސް ރަޝިޔާ އާއި ޔޫކްރެއިންގެ މަންދޫބުން ބުނީ ކުރިމަގުގައި ބައްދަލުކުރަން ބޭނުން ކަމަށެވެ.

"އަންނަ ހަފުތާގައި ވެސް އަލުން ވާހަކަތައް ކުރިއަށްގެންދިއުން އެކަށީގެންވޭ،" ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ ވިދާޅުވިއެވެ.

ވާހަކަތަކުގައި މަޝްވަރާކުރީ ހަނގުރާމަ ހުއްޓައިލުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ދެ ގައުމުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުންނެވެ.

ރަޝިޔާ އާއި ޔޫކްރެއިނާ ދެމެދު ސުލްހަ ގާއިމު ނުކުރެވިގެން އުޅޭ އެންމެ މުހިންމު އެއް މައްސަލަ ވެސް ބައްދަލުވުމުގައި ރަޝިޔާއިން ނެގިއެވެ. އެއީ އިރުމަތީ ދޮންބާސްއިން ބިން ރަޝިޔާއަށް ދޫކޮށްލުމެވެ.

"ބައްދަލުވުން ކޮޅެއްގައި ނުޖެހުނަސް ވާހަކަތައް ވެގެންދިޔައީ ބިނާކުރަނިވި އަދި ރަނގަޅު މަޝްވަރާތަކަކަށް،" ޔޫ.އޭ.އީއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *