Support Us

އެއާ އިންޑިއާ ފްލައިޓެއް ޖައްސައިގެން ދަނިކޮށް އިންޖީނަށް ބެގެޖް ކޮންޓޭނަރެއް ދަމައިގެންފި

އިންޑިއާގެ ވެރިރަށް ދިއްލީން އެމެރިކާގެ ނިއު ޔޯކަށް ދަތުރުކުރަމުންދިޔަ ފްލައިޓެއް އީރާންގެ ވައިގެ ސަރަހައްދު ހީނުކުރާ ގޮތަކަށް ބަންދުކުރުމާ ގުޅިގެން އެނބުރި ދިއްލީއަށް ޖައްސައިގެން ދަނިކޮށް ރަންވޭ މަތީގައި އޮތް ބެގެޖް ކޮންޓޭނަރެއް މަތިންދާބޯޓުގެ ކަނާތު އިންޖީނަށް ދަމައިގެންފިއެވެ.

ކޮންޓޭނަރު ކުދިކުދިވެ، އެއާބަސް އޭ-350 މަރުކާގެ މަތިންދާބޯޓުގެ އިންޖީނަށް ގެއްލުން ލިބުނަސް، އިއްޔެ ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް އެއާ އިންޑިއާއިން ބުންޏެވެ.

"އެ ކޮންޓޭނަރަކީ ގްރައުންޑް ހޭންޑްލިންގްގައި ޓަގުން ބޭރަށް ވެއްޓިފައި އޮތް އެއްޗެއް،" އޮފިޝަލަކު ބުންޏެވެ.

އިނދިރާ ގާނދީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިގެން ދަނިކޮށް ރަންވޭ މަތީގައި އޮތް ބެގެޖް ކޮންޓޭނަރު އިންޖީނަށް ވަދެގެން ދިޔައީ ބޯ ދުންފުނީގެ ތެރެއިން މަތިންދާބޯޓު ދަނިކޮށެވެ.

"މަތިންދާބޯޓު ވަނީ ރައްކާތެރި ހިސާބަކަށް ގެންގޮސްފައި. ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިންގެ ސަލާމަތްތެރިކަން ވަނީ ކަށަވަރު ކުރެވިފައި،" އެއާލައިންގެ ތަރުޖަމާނަކު ބުންޏެވެ.

އިންޑިއާގެ ވައިގެ ދަތުރުފަތުރު ރެގިއުލޭޓްކުރާ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އެވިއޭޝަން (ޑީ.ޖީ.ސީ.އޭ)އިން ވަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަން އަންގައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *