Support Us

އެމެރިކާއާއެކު ބާއްވަމުންދިޔަ ވާހަކަތައް ހުއްޓުމުން ޔޫރަޕްގެ ފައުޖުތައް ގްރީންލޭންޑަށް

ގްރީންލޭންޑްގެ ކުރިމަގު ސުލްހަވެރި ގޮތުގައި ކަނޑައެޅުމަށް އެމެރިކާއާއެކު ފެށި ވާހަކަތައް ހުއްޓުމުން ޔޫރަޕްގެ ފައުޖުތައް ގްރީންލޭންޑަށް ދާން ފަށައިފިއެވެ.

އެމެރިކާއާއެކު "އަސާސީ ދެބަސްވުމެއް" އުފެދުމުން ފްރާންސް، ޖަރުމަނީ، ނޯވޭ އަދި ސްވިޑްންގެ ސިފައިން ގްރީންލޭންޑްގެ ހިމާޔަތަށް ފުރީކަމަށް ޔޫރަޕް އިއްތިހާދުން ބުންޏެވެ.

"ފްރާންސްގެ ސިފައިން މިހާރު ވެސް ވަނީ ފުރާފައި،" ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އިއްޔެ ވިދާޅުވިއެވެ.

ފްރާންސްގެ ފަރުބަދަމަތީ ސިފައިން ކުރިން ވެސް ގްރީންލޭންޑްގެ ވެރިރަށް ނޫކްގައި ތިބިކަމަށް ފްރާންސުން ބުންޏެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން ސިފައިން މި ފޮނުވަނީ ގްރީންލޭންޑްގެ އަމިއްލަވަންތަކަން ބަލައިގަންނަކަން ރަމްޒުކޮށްދިނުމަށް ޔޫރަޕް އިއްތިހާދުގެ ދިދަ އެ ގައުމުގައި ވިހުރުވަން ކަމަށް އެ ގައުމުތަކުން ބުންޏެވެ.

އަމިއްލަ ވެރިކަމެއް ހިންގާ، ނަމަވެސް ޑެންމާކްގެ ބައެއްގެ ގޮތުގައި އޮތް ގްރީންލޭންޑްގެ މައުދަންތަކާއި އަސްކަރީ ގޮތުން އޮތް މުހިންމު ސަރަހައްދަށް ޝައުގުވެރިކަން އޮތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަނެއްކާވެސް ވިދާޅުވެފައެވެ. އެއީ ރަޝިޔާ އާއި ޗައިނާއިން ގްރީންލޭންޑްގެ ޒަރީއާއިން އެމެރިކާއަށް ނުރައްކާކޮށްފާނެތީކަމަށެވެ.

ޑެންމާކްގެ ހާރިޖީ ވަޒީރު ލާޒް ރާސްމަސެން ވިދާޅުވީ އަސާސީ ދެބަސްވުން އުފެދުނީ އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި އެމެރިކާގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމުގައިކަމަށެވެ.

ގްރީންލޭންޑުން ބުނީ އެމެރިކާއަށް އެއްބާރުލުން ދިން ނަމަވެސް އެމެރިކާގެ ބާރުގެ ދަށަށް ދާން ބޭނުންނުވާކަމަށެވެ.

"އެމެރިކާއަށް އެއްބާރުލުން ދިނުމުގެ މާނައަކީ ގްރީންލޭންޑް އެމެރިކާގެ މިލްކަކަށް ހެދުމެއް ނޫން،" ގްރީންލޭންޑްގެ ހާރިޖީ ވަޒީރު ވިވީއަން މޮޓްސްފެލްޓް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *