Support Us

މިޔަންމާގެ މުސްލިމް ރޮހިންގްޔާ މީހުންގެ ތެރެއިން 730،000 މީހުން މިހާރު ތިބީ ބަނގްލަދޭޝްއަށް ހިޖުރަކުރި ރެފިއުޖީންގެ ގޮތުގައި

ރޮހިންގްޔާ ނަސްލު ނައްތައިލުމާ ގުޅޭ ޝަރީއަތް އައި.ސީ.ޖޭގައި ފަށައިފި

މިޔަންމާގެ މުސްލިމް ރޮހިންގްޔާ ނަސްލު ނައްތައިލުމަށް އެ ގައުމުގެ އަސްކަރިއްޔާއިން ހިންގި ޖަރީމާތަކާ ބެހޭ ޝަރީއަތް އދ.ގެ އެންމެ މަތީ ކޯޓުގައި މިއަދު ފަށައިފިއެވެ. މިއީ ވޭތުވެދިޔަ ދަހަރުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)ގައި ނަސްލު ނައްތައިލުމުގެ ފުރިހަމަ ޝަރީއަތެއް ހިންގާ ފުރަތަމަ ފަހަރު ވެސްމެއެވެ.

ނެދަލޭންޑްސްގެ ސަހަރެއް ކަމަށްވާ ހޭގްގައި ހުންނަ ކޯޓުގައި ތިން ހަފުތާއަށް ދެމިގެންދާ ގޮތަށް ހިންގާ ޝަރީއަތް ކުރިއަށްދަނީ ގެމްބިއާއިން ހުށަހެޅި މައްސަލައެއްގެ ގޮތުގައެވެ.

މިޔަންމާގެ އަސްކަރިއްޔާއިން 2017 ގައި ފެށި ނަސްލު ނައްތައިލުމުގެ ޖަރީމާގައި 730،000 ރޮހިންގްޔާ މީހުން ވަނީ އަވައްޓެރި ބަނގްލަދޭޝްއަށް ހިޖުރަކޮށްފައެވެ. ބަނގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި އެ މީހުން ވަނީ އެ މީހުންނާ ދެކޮޅަށް ހިންގި ޖަރީމާތައް ކިޔައިދީފައެވެ. އެ ގޮތުން ރޮހިންގްޔާ މީހުން މެރުމާއި ރޭޕްކުރުމާއި އެ މީހުންގެ މުދަލުގައި މިޔަންމާގެ ސިފައިން ހުޅުޖެހިކަމަށް ރިޕޯޓްކުރިއެވެ.

"މި ޝަރީއަތުގެ ސަބަބުން ނަސްލު ނައްތައިލުމުގެ މާނަ މާނަވީ ގޮތެއްގައި މާނަކުރެވި އަދި ނަސްލެއް ނައްތައިލުން ފަދަ ކަންތައްތައް ކުރުން ހުއްޓުވައިލުމުގެ މަސައްކަތްތަކަށް މަގުފަހިވާނެ،" އދ.ގެ ތަހުގީގު ޓީމުގައި ހިމެނޭ ނިކޮލަސް ކައުމްޖިއަން ބުންޏެވެ.

މިޔަންމާގެ އަސްކަރިއްޔާގެ ޝިކާރައަކަށްވި ރޮހިންގްޔާ މީހުންގެ ހެކިބަސް ނަގަމުންދަނީ ސިއްރުކޮށްގެންނެވެ.

ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނީ މި ޝަރީއަތުގެ ސަބަބުން ރޮހިންގްޔާ މީހުންނަށް އެތައް ދަހަރަކު ކުރިމަތިލާންޖެހުނު ވޭނަށް އިންސާފު ލިބި، މިޔަންމާގެ އަސްކަރިއްޔާ ޒިންމާދާރު ކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ރޮހިންގްޔާ ނަސްލު ނައްތައިލުމުގެ ތުހުމަތުތަކާ މިޔަންމާއިން ދެކޮޅު ހަދައެވެ. އެ ގައުމުން ބުނަމުންދަނީ ރޮހިންގްޔާ މީހުންނާ ދެކޮޅަށް ހިންގީ ޓެރަރިޒަމް ނައްތައިލުމުގެ އޮޕަރޭޝަނެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *