Support Us

ވޭތުވެދިޔަ ހަފުތާގެ ފެންބޮޑުވުމުގައި އަފްޣާނިސްތާން ބަޔަކު ފެންބޮޑުވެފައިވާ މަގަކުން ހިނގައިފައިދަނީ

އަފްޣާނިސްތާންގެ ފެންބޮޑުވުމުގައި 17 މަރު

ހަނަފަސް ދުވަސްތަކެއް ވޭތުވުމަށްފަހު އަފްޣާނިސްތާންގައި ބޯކޮށް ވާރޭ ވެހި ފެންބޮވުމުގެ ސަބަބުން މަދުވެގެން 17 މީހުން މަރުވެއްޖެއެވެ.

މި ހަރީފު މޫސުމުގައި ސްނޯ ފޭބުމުގެ ސަބަބުން 11 މީހުން ޒަހަމް ވެސް ވެފައިވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން އިއްޔެ ބުންޏެވެ.

"ހޯމަ ދުވަހުއްސުރެ ކޯރުތައް ވަނީ ބަންޑުން ގޮސްފައި،" އޮފިޝަލަކު ބުންޏެވެ.

ގައުމުގެ އިރުމަތި ފިޔަވާ ދެން ހުރި ހުރިހާ ސަރަހައްދަކަށްވަނީ އަސަރުކޮށްފައެވެ.

ދެ ކުޑަކުދިން ހިމެނޭ ގޮތަށް އެއް އާއިލާއެއްގެ ފަސް މެންބަރުން ވެސް މަރުވިއެވެ. އެއީ އެ ގޭގެ ފުރާޅު ވެއްޓުމުންނެވެ.

ގައުމީ ކާރިސާތައް ބަލަހައްޓާ ނެޝަނަލް ޑިސާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު ޔޫސުފު ހާމަދު ބުނީ ފެންބޮޑުވުމުގެ ސަބަބުން އިންފްރާސްޓްރަކްޗަރު ސުންނާފަތިވެ، ނާމުސޫފި މަރުވެ، 1،800 އާއިލާއަށް ގެއްލުންވެފައިވާ ކަމަށެވެ.

"ގިނަ އަވަށްތަކުގައި މީހުންވަނީ ހާލުގައިޖެހިފައި،" އޭނާ ބުންޏެވެ.

އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކަށް އޮފިޝަލުން މިހާރު ވަނީ ފޮނުވައިފައެވެ.

އަފްޣާނިސްތާންގެ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނީ ގައުމުގެ އިންފްރާސްޓްރަކްޗަރުގެ ނިކަމެތިކަމުންނާއި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ގައުމަށް ގިނަގިނައިން ކާރިސާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *