Support Us

ކުލްދީޕް ސިންގް ސެންގަރު (މ) ފުލުހުންގެ ބެލުމުގެ ދަށުގައި

ރޭޕް ހުކުމެއް ސަސްޕެންޑް ކުރުމުން އިންޑިއާގައި ހަމަނުޖެހުން

އިންޑިއާގައި ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރަކު ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި އިއްވި އުމުރަށް ޖަލަށް ލުމުގެ ހުކުމް މި ހަފުތާގައި ސަސްޕެންޑް ކުރުމުން މިއަދު މުޒާހަރާކޮށްފިއެވެ.

ކުލްދީޕް ސިންގް ސެންގަރު 2017 ގައި ކުއްޖަކު ރޭޕް ކުރިކަން ސާބިތުވި މައްސަލައިގެ އިސްތިއުނާފު ނިމެންދެން، ވެރިރަށް ދިއްލީގެ ހައި ކޯޓުން ނިންމީ ޝަރުތުތަކެއް މަތިން ކަފާލާތު ދޭށެވެ. ނަމަވެސް ރޭޕް ކުރި ކުއްޖާގެ ބައްޕަ ޖަލުގައި މަރުވި މައްސަލައިގައި ކުލްދީޕްގެ މައްޗަށް އިއްވި 10 އަހަރުގެ ވަކި ހުކުމްގައި އޭނާއަށް އަދިވެސް ޖެހެނީ ޖަލުގައި މަޑުކުރާށެވެ.

ކުއްޖާގެ އާއިލާއިން މިހާރު ނިންމައިފައިވަނީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށެވެ.

މިހާރު އުމުރުން 24 އަހަރުވެފައިވާ ކުއްޖާ ބުނީ އޭނާގެ "ސަލާމަތްތެރިކަން މިހާރު ނެތްކަން" އިހުސާސް ކުރެވޭ ކަމަށާއި ކުލްދީޕް ބޭނުންހާ ކަންތައްތަކެއް ކުލްދީޕް ގެންގުޅޭ މީހުންކުރާ ކަމަށެވެ.

ކުއްޖާގެ މަންމަ ބުނީ "މިއީ އަހަރެމެންގެ އާއިލާއަށް ކުރެވުނު ބޭއިންސާފެއް" ކަމަށެވެ.

"އަހަރެން މުޅި ހައި ކޯޓުގައި އިލްޒާމް އަޅުވަނީކީ ނޫން. ނަމަވެސް އަހަރެމެން ހައި ކޯޓަށް ކުރާ އިތުބާރު ނަގައިލި ދެ ފަނޑިޔާރުންގެ ބޮލުގައި އިލްޒާމް މި އަޅުވަނީ. ސުޕްރީމް ކޯޓަށް އަހަރެމެންގެ އިތުބާރު އެބައޮތް،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *