Support Us

ޖެޓެއް ވެއްޓި ލީބިޔާގެ އަސްކަރީ ވެރިޔާ މަރުވެއްޖެ

އަމިއްލަ ޖެޓެއް ވެއްޓި ލީބިޔާގެ އަސްކަރީ ވެރިޔާ، ޖެނެރަލް މުހައްމަދު އަލީ އަހްމަދުލްހަދާދު މަރުވެއްޖެއެވެ.

ތުރްކިޔެގެ ވެރިރަށް އަންގަރާއިން އިއްޔެ ނައްތައިލައިގެން ލީބިޔާގެ ވެރިރަށް ތަރާބުލުސްއަށް ދިޔަ ޖެޓު ތުރްކިޔެގެ މެދުތެރޭ ސަރަހައްދަކަށް ވެއްޓި، މުހައްމަދު (ފޮޓޯ)އާއެކު ލީބިޔާގެ އިސް ހަތަރު އަސްކަރީ އޮފިޝަލުންނާއި ތިން ފަޅުވެރިން ވަނީ މަރުވެފައެވެ.

"ޖެޓުގައި ދަތުރުކުރި އަށް މީހުން ވެސް ސަލާމަތެއް ނުވޭ،" ތުރްކިޔެގެ އޮފިޝަލަކު ބުންޏެވެ.

ލީބިޔާއިން މިހާރު ވަނީ ތިން ދުވަސް ހިތާމަ ފާޅުކުރަން ނިންމައިފައެވެ.

ޕައިލެޓްގެ ހަބަރެއް އެންމެ ފަހުންވީ ހައިމަނާ އަވަށް މަތިންނެވެ.

މީހުން ސަލާމަތްކުރާ ޓީމުތަކަށް ހަލާކުވެފައިވާ ޖެޓު ފެނުނީ ރަށްފުށު ހިސާބަކުންނެވެ.

"ޖެޓު ނައްޓައިލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މުވާސަލާތީ ގުޅުން ކެނޑުނު. ޖެޓު ހޯދަން ވަގުތުން މީހުން ސަލާމަތްކުރާ ޓީމުތައް ފޮނުވިން،" ތުރްކިޔެގެ ދާހިލީ ވުޒާރާއިން ބުންޏެވެ.

ލީބިޔާގެ ބޮޑު ވަޒީރު އަބްދުލްހަމީދު ދަބައިބާ ވިދާޅުވީ 2020 ގެ އޮގަސްޓުން ފެށިގެން އަސްކަރިއްޔާގެ ވެރިޔާގެ މަގާމުގައި ހުރި މުހައްމަދު މަރުވުމަކީ "ގައުމަށާއި އަސްކަރީ މުއައްސަސާއަށް ލިބުނު ބޮޑު ގެއްލުމެއް" ކަމަށެވެ.

"އޭނާއަކީ ގައުމަށް ވަފާތެރި ހިދުމަތްތެރިއެއް،" އަބްދުލްހަމީދު ވިދާޅުވިއެވެ.

މުހައްމަދު ތުރްކިޔެއަށް ދިޔައީ ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގުޅުންތައް ވަރުގަދަ ކުރުމާއި ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން ބޭއްވި ވާހަކަތަކެއްގައި ބައިވެރިވުމަށެވެ. އޭނާ ވަނީ ތުރްކިޔެގެ ދިފާއީ ވަޒީރު ޔަޝާރު ގީލަރު އާއި އަސްކަރީ ވެރިޔާ ޖެނެރަލް ސަލްޗުކް ބައިރަކްތަރްއޯލޫއާ ބައްދަލުކުރައްވައިފައެވެ.

ޖެޓު ވެއްޓުނީ ކީއްވެތޯ ދެނެގަންނަން ތަހުގީގު މިހާރު ވަނީ ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް