Support Us

އިސްރާއީލުން ދިން ހަމަލާއެއްގައި ސުންނާފަތިވެފައިވާ ޣައްޒާގެ ސަރަހައްދެއް

އޮކްޓޫބަރު 7 ގެ ހަމަލާ ތަހުގީގުކުރަން އިސްރާއީލުން އެންމެ ފަހުން ނިންމައިފި

ޣައްޒާ ހަނގުރާމައަށް ދެ އަހަރުވީ ފަހުން، 2023 ގެ އޮކްޓޫބަރު ހަތެއްގައި ހަމާސްއިން ދިން ހަމަލާ ތަހުގީގު ކުރަން އިސްރާއީލުން އެންމެ ފަހުން ނިންމައިފިއެވެ.

އިސްރާއީލުން ޣައްޒާ ހަނގުރާމަ ފެށީ، ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސްއިން އެ ދުވަހު އިސްރާއީލުގެ ތެރެއަށް ވަދެ، 1،000 އަށްވުރެ ގިނަ ޔަހޫދީން މަރައިލައި، 200 އަށްވުރެ ގިނަ މީހުން ރަހީނު ކުރީމާ، ޖެހިގެން އައި ދުވަހުއެވެ.

ސުލްހައިގެ މުއާހަދާއެއް ހަމައެކަނި ނަމެއްގައި މި ދިޔަ އޮކްޓޫބަރު 10 ގައި ގާއިމުކޮށް، އިސްރާއީލުން މިހާތަނަށް ދެމުންދާ ހަމަލާތަކުގައި 70،000 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އިސްކޮށް ހުރެގެން، ސަރުކާރުން އެކުލަވައިލައި ކޮމިޝަނަކުން ހިންގާ މި ތަހުގީގަށް އިސްރާއީލު ރައްޔިތުން ވަނީ ފާޑުކިޔަން ފަށައިފައެވެ. އެ މީހުން ބުނަނީ މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ނޫނީ އިސްރާއީލުގެ ސަލާމަތީ ބާރުތަކާއި ނަތަންޔާހޫގެ ފޭލިވުންތައް ހޯދައިނުގަނެވޭނެ ކަމަށާއި ސަރުކާރުން ހިންގާ ކޮމިޝަނަކީ ގައުމުގެ ދިފާއީ ކަންތައްތައް ނަތަންޔާހޫއަށް ނުބެލެހެއްޓޭތީ އެ ކަން ފޮރުވަން ނަތަންޔާހޫ ހަދާ ކޮމިޝަނެއް ކަމަށެވެ.

"ނަތަންޔާހޫ ބޭނުންވަނީ އޭނާގެ ޒިންމާއެއް ނެތްކަން ދައްކަން. ކޮންމެހެން ޖަވާބުތަކެއް ހޯދާކަށް ނޫން،" އިސްރާއީލުގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ޔައިރު ޖޫލާން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް