Support Us

ހިޒްބުﷲ އަތުން ހަތިޔާރު އަތުލުމުގެ ފުރަތަމަ މަރުހަލާ ލުބްނާނުން ނިންމައިލުމާ ގާތަށް

ލުބްނާންގައި ތިބެގެން އިސްރާއީލަށް ހަމަލާދޭ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲގެ އަތުން ހަތިޔާރު އަތުލުމުގެ ފުރަތަމަ މަރުހަލާ ލުބްނާނުން ނިންމައިލުމާ ކައިރިވެއްޖެއެވެ.

އިސްރާއީލާއެކު ލުބްނާނުން ވެފައިވާ އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓައިލުމުގެ މުއާހަދާގައި ހާއްސަ ގޮތެއްގައި އެދިފައިވަނީ ލައިތަނީ ކޯރުގެ ދެކުނުގައި އުޅޭ ހިޒްބުﷲގެ ހުރިހާ ހަނގުރާމަވެރިންގެ އަތުން ހަތިޔާރު އަތުލަން ޖެހޭނެ ކަމަށެވެ. ލުބްނާނުން ބުނީ އެ އަމާޒަށް ވާސިލުވުމަށް "ދެން އޮތީ މަދު ދުވަސްތަކެއް" ކަމަށެވެ.

"ދެވަނަ މަރުހަލާ ފަށަން ސަރުކާރާއި އަސްކަރިއްޔާއިން މިހާރު ތައްޔާރު. އެއީ ލައިތަނީ ކޯރުގެ އުތުރުގައި އުޅޭ ހިޒްބުﷲ ހަނގުރާމަވެރިންގެ އަތުން ހަތިޔާރު އަތުލުން،" ބޮޑުވަޒީރު ނަވާފު ސަލާމު (ފޮޓޯ) ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ދައުލަތުގެ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކުން ލުބްނާން ތެރޭގައި ހަތިޔާރު ގެންގުޅެން ހުއްދަ ނުދެއްވާނެ" ކަމަށެވެ.

"އެހެންވެ، އެ ފަދަ ފަރާތްތަކުގެ އަތުން ހަތިޔާރު އަތުލުމަށް އަސްކަރިއްޔާއަށް ހާއްސަ އެއްބާރުލުމެއް ދެމުން މި އަންނަނީ،" ނަވާފު ވިދާޅުވިއެވެ.

ހިޒްބުﷲ އަތުން ހަތިޔާރު އަތުލުމަކީ އިސްރާއީލާ ލުބްނާނުން އެތައް އަހަރެއް ވަންދެން ކުރަމުންގެންދާ ހަނގުރާމަ ހުއްޓައިލުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބޮޑު ޕްރެޝަރެއް ކުރުމުން ލުބްނާނުން ނިންމި ނިންމުމެކެވެ. ނަމަވެސް މި ދިޔަ އަހަރުގެ ޑިސެމްބަރު މަހު ގާއިމުކުރި ސުލްހައިގެ މުއާހަދާ އަދިވެސް ދެ ގައުމުން ދަނީ މުގުރައިލަމުންނެވެ. އެއީ ހަމަލާ ބަދަލުކުރުން ކުރިއަށްގެންދަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް