Support Us

ޝަރީފު އުސްމާން ހާދީ

ދަރިވަރުންކުރި މުޒާހަރާތަކުގެ ލީޑަރަކު މަރައިލުމުން ބަނގްލަދޭޝްގައި ހަމަނުޖެހުން

ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިދިޔަ އަހަރު ވެރިކަމުން އިސްތިއުފާ ދޭންޖެހުނު މުޒާހަރާތަކުގައި އިސްކޮށް ހުރި ދަރިވަރަކު މަރައިލުމާ ގުޅިގެން ބަނގްލަދޭޝް ބޮޑު ހަމަނުޖެހުންތަކަކަށް ވެއްޓިއްޖެއެވެ.

އުމުރުން 32 އަހަރުގެ އެކްޓިވިސްޓެއް އަދި ޕްލެޓްފޯމް ފޮ ރިވޮލިއުޝަން ޕާޓީގެ ތަރުޖަމާނު ޝަރީފު އުސްމާން ހާދީ މަރުވީ އަންނަ ފެބްރުއަރީ މަހު 26 ގައި ބާއްވާ ރިޔާސީ އަދި ބޮޑު ވަޒީރު ކަމަށާއި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުތަކުގައި ޕާލަމަންޓަށް އޭނާ ކުރިމަތިލުމަށް ކެމްޕޭން ފެށުމަށް މި ދިޔަ ހަފުތާގައި އުޅެނިކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭނާގެ ބޮލަށް ބަޑިޖެހުމާ ގުޅިގެންނެވެ.

ހާދީއަށް ފުރަތަމަ ފަރުވާ ދިނީ ބަނގްލަދޭޝްގައެވެ. ދެން ސިންގަޕޫރުގައި ހަ ދުވަހު ވެންޓިލޭޓަރުގައި ބާއްވައިފައި ވަނިކޮށް އޭނާ މަރުވީއެވެ. އިއްޔެ އޭނާގެ ހަށިގަނޑު ބަނގްލަދޭޝްއަށް އަނބުރާ ގެނައުމަށްފަހު، ވެރިރަށް ދާކާގެ ގައުމީ ޔުނިވާސިޓީގެ މިސްކިތަށް މިއަދު ގެންދަން އާއިލާއިން ވަނީ ހަމަޖައްސައިފައެވެ.

ޝަރީފު މަރައިލުމާ ގުޅިގެން މުޅި ގައުމުގައިވަނީ މުޒާހަރާތައް ބާއްވަން ފަށައިފައެވެ. މައިގަނޑު ނޫސްތަކުގެ އިދާރާތަކުގައި ހުޅުޖަހަމުންދާއިރު ސަލާމަތީ އޮފިޝަލުންނާ ވެސް ކުރިމަތިލައި ހަމަނުޖެހުން ހިންގަމުންދެއެވެ.

ޝަރީފު މަރައިލުމާ ގުޅިގެން ރޯކޮށްލި ނޫހެއްގެ އިދާރާ ކައިރީގައި ފުލުހުން

"ޝަރީފު މަރުވުމަކީ ގައުމުގެ ސިޔާސީ ދާއިރާއަށާއި ޑިމޮކްރެސީއަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް،" އިންތިގާލީ ސަރުކާރާ ހަވާލުވެ ހުރި މުހައްމަދު ޔޫނުސް ބުންޏެވެ.

މުޒާހަރާކުރާ ފަރާތްތަކުން އެދެމުންދަނީ ޝަރީފަށް އިންސާފު ހޯދައިދިނުމަށެވެ. އޭނާ މަރުވީ ކަމާ ބެހޭ އިދާރާތަކުން އެކަށީގެންވާ ރައްކާތެރިކަން ނުދިނުމުން ކަމަށް އެ މީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *