Support Us

ޣައްޒާގައި އަސާސީ ސިއްހީ އެހީ ދިނުމަށް ބޭނުންވާ އާލާތްތައް ހުސްވަނީ

ޣައްޒާ ހަނގުރާމަ ހުއްޓައިލަން މީގެ ދެ މަހެއްހާ ކުރިން އެއްބަސްވި ނަމަވެސް އެހީ ވެއްދުމަށް ހުރަސްއަޅައިފައިވާތީ އަސާސީ ސިއްހީ އެހީ ދިނުމަށް ބޭނުންވާ އާލާތްތައް ހުސްވުމާ ގާތްވެއްޖެ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

ޣައްޒާގައި ހުސްވާން ކައިރިވެފައިވާ ސިއްހީ އާލާތްތަކުގެ ތެރޭގައި ބޭސް، އެންޓިބަޔޮޓިކް، ބެންޑޭޖް، އައި.ވީ ސޮލިއުޝަން އަދި ސާޖަރީ ހަދަން އަތަށް ލައްވާ އަންގި ހިމެނެއެވެ.

ޣައްޒާއަށް ވެއްދުން މި ވަގުތު ހުއްދަ ތަކެތީގެ ތެރޭގައި ފޯނާއި ކަރަންޓުން ދުއްވާ ބައިސްކަލާއި މެޓާ ހިމެނެއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުނީރުލްބަރްޝް (ފޮޓޯ) ބުނީ "54 ޕަސެންޓް އަސާސީ ބޭސް މިހާރު ނުލިބޭ" ކަމަށެވެ.

"މީގެ އިތުރުން އޮޕަރޭޝަން ކުރުމަށާއި ކުއްލި ފަރުވާއަށް ބޭނުންވާ 40 ޕަސެންޓް ބޭހެއް ނެތް،" އޭނާ ބުންޏެވެ.

ޣައްޒާއަށް ވައްދަން އިސްރާއީލުން މިހާރު ހުއްދަ ދީފައިވަނީ ހަފުތާއަކު އެންމެ ފަސް ލޮރީގެ ސިއްހީ ސާމާނެވެ. މިއީ އޮކްޓޫބަރު 10 ގައި ގާއިމުކުރި ޣައްޒާ ހަނގުރާމަ ހުއްޓައިލުމާ ބެހޭ މުއާހަދާގައި ބުނާ އަދަދަށްވުރެ އެތައް ގުނަ މަދު އަދަދެކެވެ. މިހެންވެ ޣައްޒާގެ ސިއްހީ ނިޒާމު މިހާރު އޮތީ އެއްކޮށް ނެތިދިއުމުގެ ތުންފަތް މަތީގައެވެ.

ދެ އަހަރުވީ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް