Support Us

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން (ކ-2) އާއި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ (ކ-3) ބައްދަލު ކުރައްވަނީ

އެމެރިކާއިން ޔޫކްރެއިނަށް "ލަނޑެއް ދީފާނެ": ފްރާންސް

އެމެރިކާއިން ޔޫކްރެއިނަށް "ލަނޑެއް ދީފާނެ" ކަމަށް ފްރާންސުން ބުނެފިއެވެ.

ޖަރުމަންގެ މަޝްހޫރު މަޖައްލާ "ޑާ ސްޕީގަލް"އިން ޝާއިއު ކުރި، ޔޫރަޕްގެ ލީޑަރުންގެ މެދުގައި ބޭއްވި ބައްދަލުވުމެއްގެ ޔައުމިއްޔާއިން ލީކުވެފައިވާ ނޯޓެއްގައި މެކްރޮން ވިދާޅުވެފައިވަނީ ޔޫކްރެއިންގެ ސަލާމަތްތެރިކަން ކަށަވަރު ނުކޮށް ޔޫކްރެއިންގެ ބިން އެމެރިކާއިން ރަޝިޔާއަށް ދޫކޮށްލަފާނެ ކަމަށެވެ.

"މި ހާލަތަކީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީއަށް ބޮޑު ބިރަކަށްވާނެ،" މެކްރޮން ވިދާޅުވެފައިވެއެވެ.

ބައްދަލުވުމުގައި ޖަރުމަންގެ ޗާންސެލަރު ފްރައިޑްރިޗް މާޒް، ޒެލެންސްކީގެ ގާތުގައި ވިދާޅުވެފައިވަނީ "އެމެރިކާއާމެދު ވަރަށް ބޮޑަށް ފަރުވާތެރި"ވުމަށެވެ.

"އެމެރިކާއިން ދަނީ ޒެލެންސްކީ އާއި ޔޫރަޕަށް ވެސް އޮޅުވައިލަމުން،" ފްރައިޑްރިޗް ވިދާޅުވެފައިވެއެވެ.

އޭނާ އިޝާރާތް ކުރެއްވީ ޔޫކްރެއިން ހަނގުރާމައިގައި ސުލްހައިގެ މެދުވެރިއެއްގެ ރޯލު އަދާ ކުރުމަށް އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް ރަޝިޔާއަށް ސުލްހައިގެ އަތެއް ދިނުމާ އިޝާރާތްކޮށެވެ.

ފިންލެންޑްގެ ރައީސް އެލެކްސެންޑާ ސްޓަބް ވިދާޅުވެފައިވަނީ "ވިޓްކޮފް ފަދަ މީހުންގެ އަތްދަށަށް ޒެލެންސްކީ އާއި ޔޫކްރެއިން ދޫކޮށްލައިގެން ނުވާނެ" ކަމަށެވެ.

އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް ގުޅިގެން އުފައްދައިފައިވާ އަސްކަރީ ޖަމިއްޔާ ނޭޓޯގެ ވެރިޔާ މާކް ރަޓް ވެސް ބުނެފައިވަނީ "ޒެލެންސްކީ ސަލާމަތްކުރަން ޖެހޭނެ" ކަމަށެވެ.

މެކްރޮންގެ ރިޔާސީ ގަނޑުވަރުން މި ލީކުކޮށްލި ނޯޓު ދޮގުކުރެއެވެ. މި ލީކުކޮށްލި ނޯޓާ ގުޅިގެން ޒެލެންސްކީގެ އޮފީހުން ވަކި އެއްޗެއް ބުނުމާ ދެކޮޅު ހެދިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް