Support Us

ޣައްޒާއަށް މިއަދު ދިން ހަމަލާއެއްގައި ސުންނާފަތިވެފައިވާ ތަނަކުން ކުޑަ އަންހެން ކުއްޖަކު ޕާންތަކެއް ގެންދަނީ

ޣައްޒާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 70،000 އަށް

ދެ އަހަރުވީ ޣައްޒާ ހަނގުރާމައިގައި މިއަދާ ހަމައަށް 70،000 މީހުން ޝަހީދުވެއްޖެއެވެ.

އޮކްޓޫބަރު 2023 ގައި ފެށި ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު މި އަދަދަށް އެރީ މިއަދު ޑްރޯނުން ދިން ހަމަލާއެއްގައި ވަގުތީ ސްކޫލެއްގެ ކައިރިން ދިޔަ ކުޑަ ދެ ފިރިހެން ކުދިން ޝަހީދުވުމާއެކުއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން މި ގޮތަށް އަދަދުތައް އިއުލާން ކުރި ނަމަވެސް އަމިއްލަ ޖަމިއްޔާތަކުން ބުނަނީ ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު އުޅޭނީ 100،000 އަށްވުރެ މަތީގައި ކަމަށެވެ. އެއީ ސުންނާފަތިވެފައިވާ ގެދޮރާއި އިމާރަތްތަކުގެ ދަށުގައިވާ ގަބުރުތައް ހިމަނައިގެންނެވެ.

ޝަހީދު ވި ކުޑަ ދެ ކުދިންނަކީ ޖުމާ އަދި ފާދީ ތާމިރު އަބޫ ނަމަކަށް ކިޔާ ދެ ކުދިންނެވެ. އެ ކުދިން ދިޔައީ އެ ކުދިންގެ ބައްޕައަށް ދަރު ހޮވައިދޭށެވެ.

"އެއީ ކުޑަ ކުދިން. އެ ކުދިންގެ ކުށަކީ ކޮބާ؟" އެ ދެ ކުދިންގެ ތިމާގެ މީހަކު ސުވާލު އުފެއްދިއެވެ.

ޣައްޒާ ހަނގުރާމަ ހުއްޓައިލަން މި ދިޔަ މަހު އިސްރާއީލުން ހަމާސްއާއެކު އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް އިސްރާއީލުން އަދިވެސް ހަމަލާތައް ކުރިއަށްގެންދެއެވެ. މިހެންވެ، ސުންނާފަތިވަމުންދާ ތަންތަނުގެ ގާފުނިތައް ދަށުން އަދިވެސް ގަބުރުތައް ފެންނަމުންދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް