Support Us

ދީތުވާ ތޫފާންގައި ލަންކާގެ ގަމްޕަހަ ޑިސްޓްރިކްޓްގައި ފެންބޮޑުވެފައިވާ މަގެއް

ލަންކާގައި 69 މީހުން މަރުވި "ދީތުވާ" ތޫފާން އިންޑިއާއާ ދިމާއަށް

ލަންކާގައި 69 މީހުން މަރުވި، "ދީތުވާ" ނަމަކަށް ކިޔާ ތޫފާން، މާދަމާ އިންޑިއާއަށް އަރާނެ ކަމަށް ލަފާކޮށްފިއެވެ.

ދީތުވާގެ ސަބަބުން ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ، އަދި ބިންގަނޑު ކަނޑައިގެންދިއުމުގެ ކާރިސާތަކުން 44،000 މީހުން ހާލުގައި ޖެހި، 34 މީހުން ވަނީ ގެއްލިފައެވެ.

އިންޑިއާގެ ދެކުނު އައްސޭރިފަށަށް ދީތުވާ މާދަމާ ލައްވާލާނެ ކަމަށް ބެލެވޭއިރު، ޓެމިލް ނާޑޫ އަދި އަންދަރް ޕްރަދޭޝް ސްޓޭޓްތަކަށް ވެސް އާދަޔާހިލާފަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުން ލަފާކުރާ އިދާރާތަކުން ބުންޏެވެ.

"މިވީ ދަހަރުތަކުގެ ތެރޭގައި ކުރިމަތިވާނެ އެންމެ ގެއްލުން ބޮޑު އެއް ތޫފާނަށް ދީތުވާ ވާނެ،" އޮފިޝަލަކު ބުންޏެވެ.

އައްސޭރިފަށާއި އަދި ބިންތިރި ހިސާބުތަކުގައި އުޅޭ މީހުން އުސް ސަރަހައްދުތަކުން ހިމާޔަތް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.

"ނުރައްކާވާނެ ގޮތްގޮތަށް ވައި ޖެހި، ފެންބޮޑުވެ އަދި ކަނޑު ގަދަވާނެ،" އޮފިޝަލަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް