މިޔަރުގެ ބާވަތެއް ކަމަށްވާ އޯޝަނިކް ވައިޓްޓިޕް ޝާކްއަށް ރައްކާތެރިކަން ދީފައި ވެނުގެ ގިނަ ބާވަތްތަކަށް ރައްކާތެރިކަން ނުދޭން، ދުނިޔޭގައި ހައިވާނުންގެ ވިޔަފާރި ބަލަހައްޓާ އެންމެ ބޮޑު ޖަމިއްޔާއިން ނިންމައިފިއެވެ.
އޯޝަނިކް ވައިޓްޓިޕް ޝާކް (ފޮޓޯ) ދުނިޔެއިން ވަރަށް ބޮޑަށް މަދުވެފައިވާތީ އިންޓަނޭޝަނަލް ފަންޑް ފޮ އެނިމަލް ވެލްފެއާއިން އެ ބާވަތަށް ދެވޭނެ އެންމެ ބޮޑު ހިމާޔަތް ދޭން ބުރާސްފަތި ދުވަހު ނިންމިއެވެ.
"މިއީ މި ބާވަތް ހިމާޔަތް ކުރަން ލިބުނު އެންމެ ފަހު އުއްމީދު. ފަހަރުގައި ދުނިޔެއިން އެއްކޮށް ނެތިގެން ދިއުމުން ސަލާމަތް ކުރެވިދާނެ،" އެ ޖަމިއްޔާގެ ސީނިއާ މެނޭޖަރު ބާބަރާ ސްލީ ބުންޏެވެ.
ވެނުގެ އެތައް ބާވަތެއްގެ އާބާދީ ވަރަށް ބޮޑަށް މަދުވެފައިވާ ދަނޑިވަޅެއް ނަމަވެސް އެ ޖަމިއްޔާއިން އެ ފަދަ ވެނުގެ ބާވަތްތައް ހިމާޔަތް ކުރުމަކަށް ނުނިންމިއެވެ. މިހެންވެ، ހައިވާނުން ހިމާޔަތްކުރާ ޖަމިއްޔާތަކުން ބުނީ އޯޝަނިކް ވައިޓްޓިޕް ޝާކް ހިމާޔަތް ކުރެވުނަސް ދުނިޔެއިން މަދުވަމުންދާ ވެނުގެ ބާވަތްތައް ރައްކާތެރިކުރަން ލިބުނު ފުރުސަތެއް މި ބީވީ ކަމަށެވެ.



advertisment