މިއަދު ފަތިހު ސޫރިޔާގެ ވެރިރަށް ދިމިޝްގް ކައިރީގައި އޮންނަ ކުޑަ ވިލެޖެއް ކަމަށްވާ ބައިތު ޖީންއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކުޑަ ދެ ކުދިންނާއެކު 13 މީހުން ޝަހީދުވެއްޖެއެވެ.
ސޫރިޔާއިން ވެސް ވަރުގަދަ ރައްދެއް ދިނަސް ގާތްގަނޑަކަށް 25 މީހުން ޒަހަމްވި ކަމަށް ސޫރިޔާގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.
ސޫރިޔާއިން ދިން ރައްދު ހަމަލާތަކުގައި އިސްރާއީލުގެ ގިނަ އަދަދެއްގެ ސިފައިން ޒަހަމްވި ކަމަށް އިސްރާއީލުގެ މީޑިއާއިން ބުންޏެވެ.
"އިސްރާއީލުން ވަނީ ހެލިކޮޕްޓަރާއި އާޓިލަރީން ހަމަލާ ދީފައި،" ސޫރިޔާގެ އޮފިޝަލަކު ބުންޏެވެ.
އޭނާ ބުނީ މި ކަމުގެ ސަބަބުން ބައިތު ޖީން ދޫކޮށްފައި އެތައް އާއިލާއެއް ފިލަން ޖެހުނު ކަމަށެވެ.
ސޫރިޔާގެ ޖޫލާން އުސް ބިންތައް އިސްރާއީލުން ހިފައިފައިވާއިރު ބައިތު ޖީންއަށް މިއަދު ދިން ހަމަލާއަކީ މި ދިޔަ އަހަރު ޑިސެމްބަރު ފަހުން ސޫރިޔާއަށް އިސްރާއީލުން ދިން އެންމެ ވަރުގަދަ ހަމަލާއެވެ.



advertisment