ފެންބޮޑުވުމުގެ ސަބަބުން ވިއެޓްނާމްގައި 98 މީހުން އަދި އިންޑޮނޭޝިއާގައި 49 މީހުން މަރުވެއްޖެއެވެ.
ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުން 10 މީހުން ގެއްލިފައިވާ ކަމަށް ވެސް ވިއެޓްނާމުން ބުންޏެވެ. އިންޑޮނޭޝިއާއިން ބުނީ ބިންގަނޑު ކަނޑައިގެން ދިއުމުން 67 މީހުން ގެއްލިފައިވާ ކަމަށެވެ.
ވިއެޓްނާމްގެ މެދުތެރެއާއި ދެކުނުގެ މެދުތެރޭ ސަރަހައްދުތަކަށް ކުރިމަތިވެފައިވާ މި ކާރިސާގައި ބައެއް އަވަށްތައް އެއްކޮށް ސުންނާފަތިވެފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.
"ވަރަށް ގިނަ ގޭގެ އާއި މަގުތަކާއި ބްރިޖްތައް ވެސް ވަނީ ހަލާކުވެފައި،" ވިއެޓްނާމްގެ ކާރިސާތައް ބަލަހައްޓާ އިދާރާގެ ތަރުޖަމާނަކު ބުންޏެވެ.

އިންޑޮނޭޝިއާއިން ބުނީ ކާރިސާ ކުރިމަތިވެގެން އުޅެނީ ސުމަޓްރާ ޖަޒީރާއަށް ކަމަށެވެ.
"މީހުން ސަލާމަތްކުރާ ޓީމްތަކަށް ބައެއް އެކަހެރި ސަރަހައްދުތަކަށް ދިއުމުގައި ދަތިތަކެއް ކުރިމަތިވެފައިވޭ. އެ ތަންތަނަށް ދެވުމުން މަރުވި މީހުންގެ އަސްލު އަދަދު އެނގޭނީ،" އިންޑޮނޭޝިއާގެ ޕްރޮވިންސްތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.
ދެ ގައުމުން ބުނީ މިއީ މޫސުން މާ ބޮޑަށް ގޯސްވުމުން ކުރިމަތިވެފައިވާ ކާރިސާތަކެއް ކަމަށް ބެލެވޭ ކަމަށެވެ.



advertisment