Support Us

ނަން ހާމަ ނުކުރާ ކުށްވެރިޔާ (ވ) އަދި އޭނާގެ މަރުވެފައިވާ މަންމަ ގްރެޒިއެއްލާ ޑަގްލޯލިއޯ

މަރުވެފައިވާ މަންމަކަމަށް ހެދިގެން ޕެންޝަން ފައިސާ ނެގި މީހަކު ހައްޔަރު

މަރުވެފައިވާ މަންމަކަމަށް ހެދިގެން މަންމަގެ ޕެންޝަން ތިން އަހަރު ވަންދެން ނެގި މީހަކު އިޓަލީގައި ހައްޔަރުކޮށްފިއެވެ.

ކުރިން ނަރުހެއްގެ ވަޒީފާ އަދާކުރި، ނަން ހާމަ ނުކުރާ އުމުރުން 56 އަހަރުގެ މީހާ ވަނީ، އުމުރުން 82 އަހަރުގައި މަރުވި އޭނާގެ މަންމަގެ ޕެންޝަނުން އަހަރަކު 61،000 ޑޮލަރު (940،620ރ.) ނަގައިފައެވެ.

މަންމަގެ ނަމަކީ ގްރެޒިއެއްލާ ޑަގްލޯލިއޯ ކަމަށްވާއިރު ކުށް ކުރި ދަރިފުޅުގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

ރަސްމީ އިދާރާތަކުން ބުނީ އޭނާ ވަނީ މަންމަގެ ހަށިގަނޑު އޭނާގެ އެޕާޓްމަންޓްގައި ފޮރުވައިފައި ކަމަށެވެ. އޭނާގެ މައްޗަށް ކުރަނީ މަކަރު ހެދުމުގެ އިތުރުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފޮރުވިކަމުގެ ދައުވާއެވެ.

މަންމައަށް ހެދެންވެގެން އެ މީހާ ވަނީ މަންމަގެ އައިޑެންޓިޓީ ކާޑު އާ ކުރުމަށް ރަސްމީ އިދާރާއަށް ދިޔަ އިރު، ބޮލުފައި މަސްނޫއީ އިސްތަށިގަނޑެއް ނުވަތަ ވިގެއް އަޅައި، ތުންފަތުގައި ލިޕްސްޓިކް ހާކައި، ނިޔަފަތީގައި ކުލަ ޖައްސައި އިތާމުތުގެ ހާރެއް އަޅައި އަދި ދިގު ސްކާޓެއް ލައިފައެވެ. ނަމަވެސް އޭނާގެ ސިފަ، އޭނާގެ މަންމައާ ދިމާ ނުވާކަން އެ އިދާރާގެ މުވައްޒަފަކަށް ފާހަގަވިއެވެ.

"އޭނާގެ ކަރު ތަންކޮޅެއް ފަލަ. އޭނާގެ އަތުގެ ހަން ވެސް 85 އަހަރުގެ އަންހެނެއްގެ އަތަށްވުރެ އޮމާން ކަމަށް ދެއްކީ،" އެ މީހާ ނިސްބަތްވާ ޓައުން ބޮރްގޯ ވިރްޖީލިއޯގެ މޭޔަރު ފްރެންޗެސްކޯ އަޕޯޓީ ބުންޏެވެ.

"މިއީ ވަރަށް ވަރަށް ވެސް ދެރަ ހާދިސާއެއް،" އޭނާ އިތުރަށް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *