Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަރުދަނާ ފިރިހެނުންގެ 10 ސިފައެއް

ޒަވާޖީ ދިރިއުޅުމެއް ފަށަން ތިބާ ތައްޔާރުވާއިރު ހަރުދަނާކަން ހުރި ފިރިއަކު ލިބިގަތުމަކީ ހަޔާތް ކާމިޔާބުވާނެ ގޮތެވެ. މި ބަލައިލަނީ ފިރިހެނަކާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން އެ ފިރިހެނެއްގައި ހުރިތޯ ބަލައިލަން ކޮންމެހެން މުހިންމު 10 ޝަހުސިއްޔަތަކަށެވެ. އެއީ:

  1. ކޮންމެ ދާއިރާއަކުން ވެސް އުޅޭނީ ގިނަގުނަ ފުރުސަތުތައް ހޯދައިގެންނެވެ.
  2. އަބަދުވެސް ވަގުތަށް އިހްތިރާމްކުރާނެއެވެ.
  3. ހުރިހާ އެންމެންގެ ރުހުން ހޯދާކަށް ނޫޅޭނެއެވެ.
  4. ކޮންމެ ފަދަ ހާލަތެއް ކުރިމަތިވިޔަސް އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަމާއި އިތުބާރު ގުޑިޔަކަ ނުދޭނެއެވެ.
  5. ކާމިޔާބު ހޯދުމަށްޓަކައި ނުރައްކަލާ ކުރިމަތިލާކަށް ވެސް ޖެހިލުމެއް ނުވާނެއެވެ.
  6. ކުށެއް ކުރެވިއްޖެ ނަމަ އެ ކަމަށް އިއުތިރާފުވާނެއެވެ.
  7. ހިތްވަރު ލިބޭތޯ އިންތިޒާރުކުރަން ހުރުމުގެ ބަދަލުގައި މަސައްކަތުގެ އަހުލާގު ކުރިއަށް ނެރެ، އެންމެ މޫޑު ހަރާބުވާ ވަގުތުގައި ވެސް ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި ދެމިހުންނާނެއެވެ.
  8. ޖަޒުބާތުތައް ވަކި ހަމައެއްގައި ހިފަހައްޓައިގެން، އެ ބޮއްސުންލިޔަ ނުދީ، އޭގެ މައްޗަށް އަބަދުވެސް ބާރު ފޯރުވާނެއެވެ.
  9. އާއިލާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރާނެއެވެ.
  10. ހަޔާތައިގެން ކުރިއަށް ދާނީ އަމާޒުތަކަކާއި އަޒުމްތަކަކާއެކުއެވެ.

މި ބަލައިލީ ރަނގަޅު ހަސީލަތް ވެސް ހުންނާނެ ފިރިހެނުންގެ ސިފަތަކަށެވެ. މި ފަދަ ސިފަތަކެއް ހުރި މީހަކު އިހްތިޔާރުކޮށްފި ނަމަ ތިބާގެ ޒަވާޖީ ދިރިއުޅުން ހަމަކަށަވަރުން ކާމިޔާބުވާނެއެވެ.

  • ތަރުޖަމާއެއް