ނަފުސުގެ ދުޅަހެޔޮކަން ރަނގަޅުކުރަން ފަށަން ކޮންމެހެން އެހާ ބޮޑު ޕްރޮގްރާމްތަކެއް ބޭނުމެއް ނުވެއެވެ. އެ ގޮތުން މި ބަލައިލަނީ ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ހުރުމަށް ކުރެވިދާނެ ސާދާ ފަސް ކަމަކަށެވެ. އެއީ:
- ކޮންމެ ރެއަކު ވެސް 11 ޖެހުމުގެ ކުރިން ނިދާށެވެ. ހަމަ ނިދި ނުލިބިއްޖެ ނަމަ އެހެން ހުރިހާ ކަމެއް ހަރާބު ވާނެއެވެ.
- ރަނގަޅު ކާނާ ކާށެވެ. ޕްރޮސެސްކުރި ކާބޯތަކެއްޗާ ދުރުވާށެވެ. ކާނީ މަޑުމަޑުން ހަފައިގެންނެވެ. ބަނޑު ފުރުމުގެ ކުރިން ނަމަވެސް، ބަނޑުހައިކަން ފިލާއިރަށް ވަގުތުން ކެއުން ހުއްޓާލާށެވެ. އާއްމު ގޮތެއްގައި 20 މިނެޓު ވަރު ކެއުމުގައި ހޭދަކޮށްލުމުން ތިބާއަށް ބޭނުންވާ ވަރަށް ކެވިއްޖެކަން ސިކުނޑިއަށް އިހްސާސް ކުރެވޭނެއެވެ. އެހެން ނޫނީ ނޭނގި ހުރެ އިތުރަށް ކެވެމުން ދާނެއެވެ.
- ޖިސްމާނީ އަދި ނަފުސާނީ ކަސްރަތު ވެސް ކުރާށެވެ. ހަށިގަނޑުގެ ޒުވާންކަން ދެމެހެއްޓުމުގައި އެހީއަކަށްވާނެއެވެ.
- ގުދުރަތީ މާހައުލުތަކުގައި ވަގުތު ހޭދަކުރާށެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމު ރަނގަޅުކޮށްދޭ ކަމެކެވެ. މޫޑު ވެސް ރަނގަޅުކޮށްދީ، އުފެއްދުންތެރިކަން އިތުރުކުރުވައެވެ. ތާޒާ ވައިން ހަށިގަނޑުގެ ހަކަތަ އިތުރުކުރާށެވެ.
- ވަށާޖެހޭ ދުޅަހެޔޮކަމެއް ލިބޭނީ ކުރާ ހުރިހާ ކަމެއް އެންމެ ރަނގަޅަށް ކުރުމުން ލިބޭ ނަފުސާނީ ހިތްހަމަޖެހުމާ ވެސް އެކުއެވެ. ނަމަވެސް އަމިއްލަ ބާރު ނުހިނގާ ކަންތައްތައް ކޮންޓްރޯލް ކުރަން ނޫޅޭށެވެ. މަސައްކަތުގެ އަހުލާގާއި ސުލޫކީ މިންގަނޑުތައް ހިފަހައްޓައިށެވެ. ކުރިމަތިވެދާނެ ދެރަ ހާލަތްތަކަކީ ނަފުސު ރަނގަޅު ނުކުރުމުގެ އުޒުރަކަށް ނުހަދާށެވެ.
މި ބަލައިލީ ވަށާޖެހޭ ދުޅަހެޔޮކަން ނަފުސަށް ގެނައުމަށް ކުރެވިދާނެ ވަރަށް އާދައިގެ ފަސް ކަމަކަށެވެ. މި ކަންތައްތަކުގައި ހިފަހައްޓައިފި ނަމަ އިސާހިތަކު ހަޔާތުގެ ހުރިހާ ކަމެއް ރަނގަޅު މިސްރާބަށް އެޅެން ފަށާނެއެވެ.
- ތަރުޖަމާއެއް
