Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އުމުރުން 92 އަހަރުގައި ވެސް މޮޑެލްކުރާ އަންހެނެއްގެ ވާހަކަ

ޑެފްނީ ސެލްފްއަށް މިހާރު އުމުރުން 92 އަހަރެވެ. ނަމަވެސް ހައިރާންވާ ކަމަކީ، އޭނާއަށް ވުރެ މާ ޒުވާން ކުދިން މޮޑެލް ކުރަމުން ދާއިރު އޭނާ އަދިވެސް މޮޑެލް ކުރަމުންދާ ކަމެވެ.

މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޑޮލްޗީ އެންޑް ގަބާނާ އާއި ރަލްފް ލޯރެންގެ އިތުރުން ވެސް އެހެނިހެން އެޖެންސީތަކުން ޑެފްނީ މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކުރުވައެވެ. އަދި އޭނާއަށް ރަނގަޅު އާމްދަނީއެއް ވެސް ލިބެއެވެ. އެ ގޮތުން ދުވާލެއްގެ މައްޗަށް އޭނާ 2،000 ޑޮލަރު (30،000ރ.)ގެ އަގެއް ހޯދައެވެ.

ދުނިޔޭގެ އެންމެ އިސް ސަފުގައި ގުނައިލެވޭ ފޮޓޯ ނަގާ މީހުން ޑެފްނީގެ ފަހަތުން އަދިވެސް އުޅޭ ސަބަބަކީ ކޮބައި ބާވައެވެ؟ އެއީ އުމުރާމެދު އޭނާ ދެކޭ ގޮތުގެ ސަބަބުން އޭނާގެ ޝަހްސިއްޔަތަށް އަންނަ ރީތި ބަދަލަކުން ޖިސްމާނީ ގޮތުން އެ ކަން ފާޅުވަނީ ހެއްޔެވެ؟

އުމުރާ ބެހޭ ގޮތުން ޑެފްނީ ބުނަނީ މިހެންނެވެ:

މުސްކުޅިވުމާ ބެހޭ ގޮތުން އަހަރެން އެއް އިރެއްގައި ވެސް ކަންބޮޑުވެގެނެއް ނޫޅެން. އަހަރެން އަބަދުވެސް ސަމާލުކަން ދެނީ އެ ވަގުތަކު ތަޖުރިބާ ކުރަމުންދާ ހިނދުކޮޅަށް. ސަބަބަކީ އެއްވެސް އެއްޗަކީ އަބަދުގެ އަބަދަށް ދެމިގެންދާ އެއްޗެއް ނޫން.

އަހަރެންގެ އަވަށްޓެރިއެއް އުމުރުން 95 އަހަރު ވަންދެން ދުނިޔޭގައި އުޅުނު. އޭނާ އަބަދުވެސް ބުނަނީ މިހެން: 'ކަމެއް ކުރެވެން އޮތް ވަގުތު އެ ކަމެއް ކުރޭ.'

މިހާރު ވެސް އަހަރެންނަށް އަހަރެންގެ ނަފުސު އިހްސާސް ކުރެވެނީ ފުރާއުމުރުގެ ކުއްޖެއްގެ ގޮތުގައި.

އަހަރެންގެ ގިނަ ރަހްމަތްތެރިންގެ އުމުރު މިހާރު އުޅެނީ 90 އިން މަތީގައި.

ދާދި ފަހުން އަހަރެން ތިއެޓަރަށް ދިޔައިން. އަހަރެންނާ ޖެހިގެން ބޮކްސްގައި އިނީ 106 އަހަރުގެ އަންހެނެއް. އޭނާއަކީ ވަރުގަދަ މީހެއް!