Support Us

އެއާ އިންޑިއާ ފްލައިޓް ވެއްޓުމުގައި ޕައިލެޓްގެ ކުށެއް ނެތް

މި ދިޔަ ޖޫން މަހު ހިނގި އެއާ އިންޑިއާ ފްލައިޓް ވެއްޓުމުގެ ހާދިސާގައި ޕައިލެޓްގެ ކުށެއް ނެތް ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ސާފުކޮށްދީފިއެވެ.

ފްލައިޓުން އެންމެ މީހަކު ސަލާމަތްވި، ނަމަވެސް ބިންމަތީގައި ތިބި މީހުންނާ ލައިގެން ގާތްގަނޑަކަށް 260 މީހުން މަރުވި ހާދިސާގައި މަރުވި ޕައިލެޓް ކަމަށްވާ ސުމީތު ސަބަރްވަލްގެ ބައްޕައަށް މި ޔަގީންކަން ދިނީ ފަނޑިޔާރު ސުރްޔާ ކާންތެވެ.

"މިއީ ހައްދުފަހަނަޅާ ވަރަށް ނަސީބު ދެރަ ހާދިސާއެއް. އެކަމަކު ތިޔަ ފަރާތުގެ ފިރިހެން ދަރިފުޅުގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ބުރަދަން ތިޔަ ފަރާތުން އުފުލައިގެން ނުވާނެ،" ސުރްޔާ ވިދާޅުވިއެވެ.

"(އެއާ އިންޑިއާ ފްލައިޓް ވެއްޓުމުގައި) އެއްވެސް މީހެއްގެ ބޮލުގައި އިލްޒާމެއް ނާޅުވަން،" ބަންޑާރަ ނައިބުގެ ދަށަށް ހުންނަ ސޮލިސިޓާ ޖެނެރަލް ތުޝާރު މެހްތާ ބުންޏެވެ.

ވައިގެ އުޅަނދުފަހަރުގެ އެކްސިޑެންޓްތައް ތަހުގީގު ކުރާ އިދާރާ، އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯއިން ހާދިސާ ތަހުގީގުކުރީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ މިންގަނޑުތަކުގެ ދަށުން ކަމަށާއި އެއީ މަތިންދާބޯޓު ވެއްޓުނީ ކީއްވެކަން ދެނެގަންނަން ކަމަށާއި އެއީ ވަކި މީހެއްގެ ކުށް ހޯދާކަށް ނޫން ކަމަށް ކޯޓުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *