Support Us

ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި، ފުލުހުންގެ ބޮޑީކެމުން ނަގައިފައިވާ މަންޒަރުތަކުގައި ފެންނަ، ކާރު ފުށުން ޖެހިފައިވާ މަންޒަރުތަކާއި ތުއްތު ކުއްޖާ ސަލާމަތްކޮށް އޭނާއަށް އެހީވާ މަންޒަރުގެ ސްކްރީންޝޮޓްތަކެއް

ފުށުންޖެހުނު ކާރެއް ދަށުން ތުއްތު ކުއްޖަކު ސަލާމަތްކޮށްފި

އެކްސިޑެންޓެއްގައި ފުށުންޖެހުނު ކާރެއް، ފުލުހަކާއި މަގުމަތިން ދިޔަ ބަޔަކު އަތުން ހިއްލާލައިގެން، އޭގެ ދަށުން ތުއްތު ކުއްޖަކު ސަލާމަތްކޮށްފިއެވެ.

އެމެރިކާގެ ޓެކްސަސް ސްޓޭޓްގައި، އަވަސް ވިސްނުމެއް ގެންގުޅުނު ފުލުސް އޮފިސަރަކާއި އެ ހިސާބުން ދިޔަ މީހުންގެ އެހީތެރިކަމާއެކު މި ދިޔަ ބުރާސްފަތި ދުވަހު ސަލާމަތްކުރި ތުއްތު ކުއްޖާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

ހުކުރު ދުވަހު އާއްމުކުރި، ބަލަން ހިތަށް ފަސޭހަ ނުވެދާނެ، ފުލުހުންގެ ހަށިގަނޑުގައި ހަރުކުރާ ވައްތަރުގެ ބޮޑީކެމް ފުޓެޖުން ފެންނަނީ ނުފުށަށް ޖެހިފައިވާ ކާރާ ދިމާއަށް ފުލުސް އޮފިސަރު ދުއްވައިގަންނަ މަންޒަރެވެ. އެއިރު ހާސްކަން ލިބިފައިވާ މަންމަ ފެންނަނީ ތުއްތު ދަރިފުޅަށްޓަކައި ހަޅޭއްލަމުން ދާ މަންޒަރެވެ.

"މި ތާ ދަށުގައި، ކާރު ދުރުކުރަން ޖެހޭނީ!،" ފުލުސް އޮފިސަރު ހަޅޭއްލަވައެވެ.

އޭނާގެ ގޮވައިލުމާއެކު އެ ތަނަށް ދިޔަ މީހުން، ކާރު ދަށުގައި އޮތް ތުއްތު ކުއްޖާއަށް، އެ މީހުންގެ އަތް ކިރިޔާ އަތްފޯރާ ވަރަށް ކާރު ހިއްލައިލަދެއެވެ.

ހާސްކަން އެންމެނަށް ލިބުނު މަދު ސިކުންތުތަކަކަށް ފަހު، ތުއްތު ކުއްޖާ ރޯން ފަށައެވެ. އެ ކުއްޖާ ދިރިހުރިކަން އެނގުނު މި އަޑުގެ ސަބަބުން އެ ކުއްޖާ ސަލާމަތްކުރި މީހުން ދެން ރޯން ފަށައެވެ.

ފުލުހުންގެ ވެރިޔާ އެޑީ ގާސިއާ އެ ތުއްތު ކުއްޖާއަކީ "ކުޑަ މަލާއިކަތެއް"ގެ ގޮތުގައި ސިފަކުރިއެވެ. އަދި އެ ކުއްޖާ ސަލާމަތް ކުރުމުގައި އިސްކޮށް އުޅުނު ފުލުސް އޮފިސަރަކީ "ބަތަލެއް"ކަމަށް ބުނެ އެ ފުލުސް އޮފިސަރަށް ތައުރީފުކުރިއެވެ.

"ހިދުމަތާއި އިންސާނިއްޔަތުކަން ފެންނަންވާނީ މި ގޮތަށް،" އެޑީ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *