ކުކުޅާއި އަސްދޫނި، އެ ސޮރުމެންގެ ދަރިން ތަރުބިއްޔަތު ކުރާ ގޮތަށް ބަލައިލައިފި ނަމަ، އިސްވެރިޔަކު ގެންގުޅެފާނެ ވެރިކަންކުރުމުގެ ތަފާތު ދެ ވައްޓަފާޅިއެއް ހާމަވެއެވެ.
ހަޔާތުގެ އަންނަނިވި އިބްރަތްތެރި ފިލާވަޅަށް ބަލައިލުމުގެ ކުރިން "ލީޑް" ކުރުމާއި "ލީޑަރޝިޕް" ތަފާތުވާ ގޮތް ބަލައިލަންޖެހެއެވެ.
ލީޑް އާއި ލީޑަރޝިޕްގައި ހުރި މައިގަނޑު ތަފާތަކީ ލީޑް ކުރުމަކީ "އެކްޝަން" ނުވަތަ އަމަލެވެ.
"ލީޑަރޝިޕް"އަކީ ލީޑްކުރުމުގެ ފެންވަރަށް ބަލައިލުމެވެ. އެއީ މަރުހަލާތަކެކެވެ. ނުވަތަ ވަށާޖެހޭ "ކަލެކްޓިވް ބޮޑީ"އެކެވެ. ކަލެކްޓިވް ބޮޑީއަކީ، އެއް ގުނަވަނެއް ގޮތަށް މަސައްކަތްކުރާ، އެ ގްރޫޕަކުން ނިންމައި ނިންމުންތައް ނުވަތަ އަމަލުތައް އެއީ ހަމައެކަނި އެ ގްރޫޕްގައި ހިމެނޭ ފަރުދުންގެ ވަކިވަކި ހިޔާލުތަކެއް ނޫން ގޮތަށް، ނަމަވެސް މުޅި ގްރޫޕްގެ ހިޔާލު އެއްގޮތްވާ ހިސާބުން، އެ ގްރޫޕުން ނިކުންނަނީ އެއްގޮތް ހިޔާލެއް ކަމަށް ބެލެވޭ "ވަށާޖެހޭ ގުނަނެ"ކެވެ.

މީގެ ތެރޭގައި ސިޔާސީ ނުވަތަ ގައުމެއްގެ އިހްސާސް ("ފީލިން") އަދި ތަޖުރިބާ ("އެކްސްޕީރިއެންސް") އާއި ވިސްނުން އެއްގޮތްކޮށް ("ކަލެކްޓިވް ކޮންޝަސްނަސް") ނުވަތަ ހަނދާންތައް އެއްގޮތްކޮށް ("ކަލެކްޓިވް މެމޮރީ") ހިމެނެއެވެ. އަދި ހަމަ އެހެންމެ "ބަޔޮލޮޖީ" ނުވަތަ މަހްލޫގުންގެ ހަށިގަނޑުގެ ނިޒާމީ އިލްމާއި ފަންނުވެރިކަން ނުވަތަ "އާޓް"، އޭގެ ފަލްސަފީ ނަޒަރަށް ތިލަކޮށްލާ ބަހުސްތަކުގައި ފެންނަ އެންމެ އަސާސީ ނުވަތަ "އެބްސްޓްރެކްޓް" ސިފައަށް ބަލައިލައި އިރު، ދިރޭތަކެތީގެ ގްރޫޕްތަކުން ފެށިގެން، "މިއުރަލް" ފަދަ އެތައް ބަޔަކުވެގެން، ވަކިވަކި ގުނަންތަކެއް ނުވަތަ ފަރުދުންތަކެއް ގުޅިގެން އުފައްދާ ވަށާޖެހޭ "އާޓް ޕްރޮޖެކްޓް" ނުވަތަ ކުރެހުމުގެ މަޝްރޫއެއް ފަދައެވެ.
މަންމަ ކުކުޅު އެ ސޮރުގެ ދަރިން "ލީޑް" ކުރަނީ ނުވަތަ ގެންގުޅެނީ "ކުރިމަތީގައި" ބަހައްޓައިގެންނެވެ. "ލީޑް" މި ބަހުގެ މުރާދަކީ "ކުރިމަތީގައި" ހުރެގެން ގޮތް ކިޔައިދިނުމަކަށް ވިޔަސްމެއެވެ. ނަމަވެސް މި މާނައަށް ބަލައިފި ނަމަ، ފެންނަ ފެނުމަށް "ކުރިމަތީގައި" ހުރެގެން "ލީޑް"ކުރަނީ މަންމަ އަސްދޫންޏެވެ.
ހަގީގަތުގައި މި ކަމަށް އުސްއައްޔެއް އަޅުވައިލަނީ ލީޑްކުރުމުގެ ތަފާތު މި ދެ ވައްޓަފާޅިއަށެވެ. އެއީ "ފަހަތުން" ނުވަތަ "ބިހައިންޑް"އިން ލީޑްކުރުމާއި "ކުރިމަތިން" ނުވަތަ "ފްރޮންޓް"އިން ލީޑްކުރުމެވެ.
ފަހަތުން ލީޑްކުރާ މަންމަ ކުކުޅު އެ ދައްކުވައިދޭ ލީޑަރޝިޕް ވައްޓަފާޅި ނުވަތަ "ސްޓައިލު"ން ބާރުއަޅަނީ "ސަޕޯޓް" އަދި "އެމްޕަވަރމަންޓް"އަށެވެ.
ސަޕޯޓް، މި ބަހުގެ ހުރިހާ މާނައެއް އެކުލެވޭ ގޮތަކަށް ބުނާ ނަމަ ބުނެވޭނީ، ހުރިހާ ކަމެއް ހިމެނޭ، ވަށާޖެހޭ، ފުރިހަމަ އަދި ދެގޮތެއް ނުވާ ގޮތަށް، ހުރިހާ ސިފައެއް ހިމެނޭ ގޮތަށް އެހީވުމެވެ.
އެމްޕަވަރމަންޓްއަކީ، އަމިއްލަ އިހްތިޔާރުގައި ކަންތައްތައް ނިންމުމަށާއި އަދި އަމިއްލަ މިނިވަންކަމާއެކު އަމަލުކުރުމަށް، މީހަކަށް "އޮތޯރިޓީ"، "ޕަވަރ" އަދި "ކޮންފިޑެންސް" ނުވަތަ ޔަގީންކަން ދިނުމެވެ. "ޕަވަރ"އަކީ އެހެން މީހުންގެ މައްޗަށް ނަފޫޒު ފޯރުވޭ، މީހުން ކޮންޓްރޯލް ކުރުމުގެ ގާބިލިއްޔަތެވެ. "އޮތޯރިޓީ"އަކީ، ލަގަބެއް ނުވަތަ މަގާމެއް ދެވިފައިވުމުން، ގާނޫނީ ގޮތުން، ރަސްމީ ކުލަ ޖެހިފައިވާ ގޮތަށް ބާރު ހިންގުމަށް ހުއްދަ ދެވިފައި އޮތުމެވެ.
"ކޮންފިޑެންސް"އަކީ، އަމިއްލަ ނަފުސަށާއި އަނެކުންނަށާއި އަދި އެ ހުރި ހާލަތެއް ވެސް މެ، ހަރުދަނާ ގޮތެއްގައި ބަލައިގަނެ، އެކަން ގަބޫލުކޮށް އިތުބާރު ކުރުމެވެ. މި ގޮތަށް ގަބޫލުކޮށް އިތުބާރު ކުރުމުން، އަމިއްލަ މީހާ ނުވަތަ އަނެކާއަށް ވެސް، ކާމިޔާބަށް ވާސިލުވެވޭނެކަމުގެ ގާބިލިއްޔަތުކަން ހުރިކަން، އަމިއްލަ މީހާއަށް އިހުސާސް ކުރެވި، އަދި އަމިއްލަ ނަފުސަށް ގަބޫލު ކުރެވުމަށް، މަގުފަހިވެގެންދެއެވެ.
މަންމަ ކުކުޅު ލީޑް ކުރަނީ ފަހަތުންނެވެ. މި ލީޑަރޝިޕް ސްޓައިލްގައި ފެންނަނީ، ފަހަތުން ތިމާއަށް ބަރޯސާވާ ފަރާތްތަކަށް ނުވަތަ "ފޮލޮވަރސް"އަށް މަގުދެއްކުން ("ގައިޑަންސް") އަދި ހިތްވަރު ("އެންކަރޭޖްމަންޓް") ދިނުމެވެ. އެއީ މައްސަލައެއް ނުވަތަ އުނގަދުލެއް ހައްލު ކުރުމަށްޓަކައި ނަސޭހަތާއި މައުލޫމާތު ދިނުމެވެ. ހާއްސަ ގޮތެއްގައި އެ ފަދަ އިރުޝާދުތައް ދެނީ، ރަސްމީ މަގާމެއްގައި ހުންނަ މީހެއްގެ ފަރާތުން ކަމަށްވާ ނަމައެވެ.
"އެންކަރޭޖްމަންޓް"އަކީ މީހަކަށް ސަޕޯޓް، ކޮންފިޑެންސް އަދި އުއްމީދު ނުވަތަ "ހޯޕް" ދިނުމެވެ.
ހޯޕްއަކީ ވަކި އެއްޗެއް ލިބުމަށް އަދި ކަމެއް ވުމަށް އެދޭ އެދުން، ވަރަށް ގަދައަށް އިހުސާސް ("ސްޓްރޯންގް ފީލިން") ކުރެވުމެވެ. މިސާލަކަށް، "އެ ފިރިހެނާ، އެ އަންހެނާގެ މުދާތައް ބަލައި ހޭވީ، ކޮންމެވެސް ކަހަލަ މައުލޫމާތެއް ލިބޭތޯ"އެވެ.
އަދި އެހެންމެ، ހޯޕްއަކީ ބޯދާ ޒަމާނުގައި "ޓްރަސްޓް"އެއް އުފެދުމެވެ.
"ޓްރަސްޓް"އަކީ މީހެއްގެ ނުވަތަ އެއްޗެއްގައި އިތުބާރާއި ތެދުވެރިކަން ހުރުމާއި ގާބިލިއްޔަތުކަން ހުރިކަމާމެދު ފުރިހަމައަށް ގަބޫލު ކުރުމެވެ. މިސާލަކަށް، ގުޅުން ގާއިމު ކުރަން ޖެހޭނީ "ޓްރަސްޓް"ގެ މަތީގައެވެ. އެހެން ގޮތަކަށް ބުނާ ނަމަ، "އަމާނާތަކަށް" ރައްކާތެރިވާ ބީދައިންނެވެ.
އެހެންކަމުން މަންމަ ކުކުޅުގެ ލީޑް ކުރުމުގެ ވައްޓަފާޅިއަށް ބޭނުންވަނީ، އެ ސޮރު ފޮލޯކުރާ ޅަދަރިންގެ ގާބިލިއްޔަތުކަމަށް މަތީ ފެންވަރެއްގައި އިތުބާރު ކުރެވުމާއި އަދި ލީޑް ނެގުން އެ ކުދިންނަށް ދޫކޮށްލުމަށް ތައްޔާރަށް ހުރުމެވެ. މި ލީޑަރޝިޕް ވައްޓަފާޅި އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރާނީ، މަތީ ފެންވަރުގެ ގާބިލިއްޔަތުކަން ހުރި އަދި ވީހާ ވެސް މަދުން ގޮތް ކިޔައިދޭން ޖެހޭ ފަދަ ފޮލޯކުރާ ޅަދަރިން ތިބޭ ހާލަތްތަކުގައެވެ.
ފަހަތުގައި ބައިތިއްބައިގެން ދަރިން ލީޑްކުރާ މަންމަ އަސްދޫނި ދައްކުވައިދޭ ލީޑަރޝިޕް ވައްޓަފާޅި ބުރަވަނީ މަގުދައްކައިދިނުމާއި ބާރު ފޯރުވުން ނުވަތަ "ކޮންޓްރޯލް" ކުރުމެވެ. މި ވައްޓަފާޅީގައި ހިމެނެނީ ލީޑް ނެގުމާއެކު، ފޮލޯކުރާ ދަރިފުޅަށް ދާންވީ މަގު ހަމަޖައްސައިދިނުމެވެ.
- ތަރުޖަމާއެއް
