މެދުއިރުމަތީގައި ނިއުކުލިއަރ ހަތިޔާރު ކޮށާރުކޮށްގެން އުޅޭ ހަމައެކަނި ޤައުމަކީ އިޒުރޭލެވެ. މިއަދު މި ބަލައިލަނީ، އިޒުރޭލުން ނިއުކުލިއާރ ހަތިޔާރު އުފައްދަން ފެށުމާއި އަދި އެކަމަށް މަގުފަހިކޮށްދިނުމުގައި، ފަރަންސޭސިވިލާތުން އެހީތެރިވެދިން ގޮތުގެ ވާހަކައެވެ.
އިޒުރޭލުން ނިއުކުލިއާރ ހަތިޔާރުތައް ސިއްރުސިއްރުން އުފައްދައި ކޮށާރުކުރަމުން ދިޔައިރު، އެ ޤައުމަށް އެންމެ ބޮޑަށް އެހީތެރިވީ ފަރަންސޭސިވިލާތުންނެވެ. އެކަމަކު، އެއީ ކީއްވެގެން ހެއްޔެވެ؟ ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގައި ފަރަންސޭސިވިލާތުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، މެދުއިރުމަތީގައާއި، އަދި އެފްރިކާ ސަރަޙައްދުގައި އޮތް އިސްތިޢުމާރީ ސިޔާސަތުތަކަށް މިސްރުގެ އައު ލީޑަރުގެ ސަބަބުން ނުރައްކާ ވެދާނެތީއެވެ.
ނަވާރަ ސަތޭކަ ފަންސާސް ހަތަރު ވަނަ އަހަރު، ޖަމާލް ޢަބުދުލް ނާސިރު، މިސްރުގެ ރައީސަކަށް ވެވަޑައިގެންނެވި އިރު، އޭނާއަކީ ފަލަސްތީނާއި އަލްޖީރިއާއާއި ޔަމަނާއި އެފްރިކާގައި ޕޭން އަރަބި އެއްބައިވަންތަކަމާއި މިނިވަންކަމުގެ ޙަރަކާތްތަކުގެ ޗެމްޕިއަނެވެ. ފަރަންސޭސިވިލާތުގެ އިސްތިޢުމާރު ނިމުމަކަށް ގެނައުމަށް އަލްޖީރިއާގެ ރައްޔިތުން ކުރަމުން ދިޔަ އިޙުތިޖާޖުތަކާއި، ހަނގުރާމައަށް، ޖަމާލު ޢަބުދުލް ނާސިރު ފާޅުގައި ތާއީދު ކުރެއްވިއެވެ. އެހެންކަމުން ފަރަންސޭސިވިލާތަށް، އެ ސަރަޙައްދުން އެންމެ ބޮޑަށް ބޭނުންވީ މުސްލިމުންނާއި ދެކޮޅު، ވަރުގަދަ އެކުވެރިއެކެވެ. އެގޮތުން، ފަރަންސޭސިވިލާތުން އެނބުރުނީ އިޒުރޭލާ ދިމާއަށެވެ.
ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުން ފެށިގެން އިޒުރޭލަށް އެންމެ ގިނަ ހަތިޔާރު، ސަޕްލައިކޮށްދިނީ ފަރަންސޭސިވިލާތުންނެވެ.

ސުއޭޒް ކެނެލަކީ މެދުތެރޭ ކަނޑާއި އިންޑިއާ ކަނޑު ގުޅުވައިދޭ ފެނުގެ މުހިންމު މަގެކެވެ. އަށާރަ ސަތޭކަ ފަސްދޮޅަސް ނުވަ ވަނަ އަހަރު ސުއޭޒް ކެނެލް ބިނާކުރިއިރު، އެތަނަކީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ތަނެކެވެ. ޖަމާލް ޢަބުދުލް ނާސިރު މިސްރުގެ ރައީސަކަށް ވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ، އިނގިރޭސިވިލާތާއި، ފަރަންސޭސީވިލާތުގެ ބާރުގެ ދަށުން ސުއޭޒް ކެނެލް މިނިވަން ކުރެއްވުމެވެ. ސުއޭޒު ކެނެލް ގެއްލުމުން އައި ރުޅީގައި، 1956 ވަނަ އަހަރު، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން، އިޒުރޭލުގެ އެހީގައި މިޞްރަށް އަރައިގަތެވެ.
އާޚިރުގައި މިޞްރުން، މި ހަނގުރާމަ ކާމިޔާބު ކުރިއެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް މަޖުބޫރުވިއެވެ. ހަނގުރާމަ ހުއްޓާލުމަށް ޢަމަލުކުރަން ފެށީ ނޮވެމްބަރު، 6، 1956 ގެ ރޭގަނޑު ދަންވަރުއެވެ. އެއަށްފަހު، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތުގެ ސިފައިންގެ ބަދަލުގައި އދ. ގެ ސިފައިންގެ ލަޝްކަރެއް ގެނެވުނެވެ. އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި އަދި އިޒުރޭލުގެ ސަރުކާރުތަކުން 1956 ވަނަ އަހަރުގެ ފަހުކޮޅު، އެ ޤައުމުތަކުގެ ސިފައިން މިސްރުން އަނބުރާ ގެންދިޔައެވެ. ސުއޭޒު ކެނެލްގެ އިސްތިޤުލާލު މިސްރަށް ލިބި، އަލުން ބޯޓްފަހަރަށް، އެ ކެނެލް ހުޅުވާލީ 1957 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
އެއަށްފަހު، ފްރާންސުގެ އެތައް ސަތޭކަ އިންޖިނިއަރުންނާއި ޓެކްނީޝަނުން ފޮނުވައިގެން ފަލަސްޠީނުގެ ނެގޭވް ސަހަރާ ތެރޭގައި އިޒުރޭލުން ނިއުކުލިއަރ ހަތިޔާރު އުފެއްދުމަށްޓަކާ ޑިމޯނާ ނިއުކުލިއަރ ރިއެކްޓަރާއި، އަދި ޕްލުޓޯނިއަމް ވަކިކުރާ ޕްލާންޓެއް ހަދައިދިނެވެ. މިކަން ކޮށްފައިވަނީ ފަޅު ސަހަރާތައް ދިރާސާކުރުމާއި ކެމިކަލް ޕްރޮސެސިންގ އަށް ކުރާ ކަމެއް ކަމަށް ބުނެ، ވަރަށް ސިއްރު ސިއްރުންނެވެ.
ނިއުކުލިއަރ ބާރަކަށް ވުމަށްޓަކައި އިޒުރޭލުން ކުރަމުން ދިޔަ މަސައްކަތަށް، އެމެރިކާގެ އޭރުގެ ރައީސް ޖޯން އޮފް ކެނެޑީ ހުރަސް އެޅުއްވުމުން، އޭނާ އަވަހާރަކޮށްލައި، ނިއުކުލިއަރ ބާރަކަށް އިޒުރޭލުވިއެވެ. އެމެރިކާގެ އެތައް ސަތޭކަ ޕައުންޑެއްގެ ފައްކާކޮށްފައި ހުރި ޔުރޭނިއަމް އިޒުރޭލުން ވަގަށް ނެގިއެވެ. ނިއުކުލިއަރ ބޮން އުފެއްދުމަށްޓަކައި، އެމެރިކާގެ ނިއުކުލިއަރ ސިއްރުތަކާއި، އެކަމަށް ބޭނުންވާ އާލާތްތައް އިޒުރޭލުން ވަގަށް ނެގިއެވެ.
ފަރަންސޭސި ޑިޕްލޮމެޓެއް ކަމަށްވާ ސްޓެފަން ހެސެލް 2011 ގައި ބުނެފައިވެއެވެ. "މިއީ އަހުރެމެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހުށަހަޅާފައި އޮތް ކަމެކެވެ. އަހުރެމެން ވަނީ އިޒުރޭލަށް ދަރަނިވެރިވެފައެވެ. އެއީ އަހުރެމެން އުފެއްދި، އަހުރެމެން ލޯބިވާ، އަދި އަހުރެމެން ތާއީދުކުރާ ދައުލަތެކެވެ. އަހުރެމެން އިޒުރޭލަށް އެހީތެރިވެދޭން ޖެހޭ ސަބަބަކީ، އިޒުރޭލުގެ ވަށައިގެން އޮތީ ނުރައްކާތެރި ޢަރަބި ދުނިޔެއެވެ. އަހުރެމެން އެބަޔަކާ މެދު އެންމެ ކަންބޮޑުވާ ޢަރަބި ދުނިޔެއެވެ."

އިޒުރޭލުގެ ނިއުކުލިއާރ ޤާބިލުކަމާ ބެހޭ ގޮތުން އަޑުތައް ފެތުރި، ތުހުމަތުތައް ކުރެވުނު ކަމުގައިވިޔަސް، އަހަރުތަކެއް ވަންދެން އިޒުރޭލުން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ. އިޒުރޭލުން ނިއުކުލިއާރ ރިއެކްޓަރެއް ގާއިމްކޮށްފައިވާ ކަމަށް، ފުރަތަމަ ފަހަރަށް އެއްބަސްވީ 1960 ވަނަ އަހަރުއެވެ. ފެބުރުއަރީ، 3، 1960 ދުވަހު، އިޒުރޭލުން ވަނީ، އެ ޤައުމުން އެޓޮމިކް ބޮން ނުހަދާ ކަމަށް ބުނެ ދޮގު ހަދައިފައެވެ. އަދި ނިއުކުލިއާރ ރިއެކްޓަރަކީ "ސުލްހަވެރި ބޭނުންތަކަށް" ހެދި ރިއެކްޓަރެއް ކަމަށް ބުނެފައެވެ.
ޓެސްޓް ކުރުމަށްޓަކައި ފުރަތަމަ ފަހަރަށް ފަރަންސޭސިވިލާތުން، އަލްޖީރިއާގެ ސަހަރާގައި އެޓޮމިކް ބޮމެއް ގޮއްވައިލިއެވެ. މިކަން ކޮށްފައިވަނީ އިޒްރޭލުގެ އިންޖިނިއަރުންގެ ހާޒިރުގައެވެ. އަދި އެމީހުން އެ ޑޭޓާތައް ބޭނުންކޮށްގެން ނިއުކުލިއާރ ހަތިޔާރު އުފެއްދުމާ ބެހޭގޮތުން އަމިއްލަ ވިސްނުން ތަރައްޤީކޮށް ނިއުކުލިއާރ ހަތިޔާރުގެ ރޭހުގައި ކުރިއަށް ދިޔައެވެ.
ތާރީޚީ ލިޔުންތެރިންނާއި ނޫސްވެރިން ބުނާ ގޮތުގައި، 1967 ވަނަ އަހަރު ޢަރަބި އިޒުރޭލު ހަނގުރާމަ ފެށުމުގެ ކުރިން، އިޒުރޭލުން ފުރަތަމަ ނިއުކުލިއާރ އެޓޮމިކް ބޮން އުފެއްދިއެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ހަތް ވަނަ އަހަރުގެ ޢަރަބި އިޒުރޭލު ހަނގުރާމައިގައި، އިޒުރޭލުން ހުޅަނގު އައްސޭރި، ޣައްޒާ، ސީރިއާގެ ގޯލާންގެ އުސްބިންތައް އަދި މިސްރުގެ ސައިނާއީގެ ބިންތައް ފޭރިގަތެވެ.
ނަވާރަ ސަތޭކަ ހަތްދިހަ ނުވައެއްގެ ރިޕޯޓްތައް ބުނާގޮތުން އިޒުރޭލުން، ދެކުނު އެފްރިކާގެ ދޮން މީހުންގެ ނަސްލީ އިމްތިޔާޒުގެ ސަރުކާރުގެ ދުވަސްވަރު، ދެކުނު އެފްރިކާގެ އައްސޭރީގައި، ފުރަތަމަ ފަހަރަށް ނިއުކުލިއާރ ހަތިޔާރުގެ ޓެސްޓެއް ކުރިއަށް ގެންދިޔައެވެ. މިއީ އިޒުރޭލާއި ދެކުނު އެފްރިކާއާ ދެމެދު ހަތިޔާރުގެ ވިޔަފާރި ހިންގި ދުވަސްވަރެވެ. މި ނިއުކުލިއާރ ޓެސްޓަކީ ފަޒާއާއި، ޖައްވާއި އަދި ކަނޑުއަޑީގައި ނިއުކުލިއާރ ޓެސްޓު ކުރުން މަނާކުރާ، "ލިމިޓެޑް ޓެސްޓް ބޭން ޓްރީޓީއާ" ޚިލާފަށް ކުރި ޓެސްޓެކެވެ.
މިއަދާ ހަމައަށްވެސް، ބައިނަލްއަޤުވާމީ ނިއުކުލިއަރ ނޮން ޕްރޮލިފެރޭޝަން މުޢާހަދާގައި އިޒުރޭލުން ސޮއިކޮށްފައެއް ނުވެއެވެ. އަދި އިޒުރޭލުގެ ނިއުކުލިއަރ އެއްވެސް ތަނެއް ބަލައި ފާސްކުރުމުގެ ފުރުސަތު، ބައިނަލްއަޤުވާމީ އެޓޮމިކް އޭޖެންސީއަށް މިހާތަނަށް ދީފައެއްވެސް ނުވެއެވެ. އިޒުރޭލުން ވަނީ "އެޓޮމޮސްފޮރިކް ޓެސްޓް ބޭން" މުޢާހަދާއާ އެތައް ފަހަރަކު ޚިލާފުވެފައެވެ. އިޒުރޭލުން ވަނީ ނިއުކުލިއަރ ހަތިޔާރުގެ ބިރު ދައްކައިގެން ދުނިޔެ ހިސާރުކޮށްފައެވެ. އިޒުރޭލުން ޓެކްނޮލޮޖީގެ ދާއިރާ ހައިޖެކްކޮށް، އަހުރެމެން ދައްކާ ހުރިހާ ވާހަކައެއް އޭޑީއެލްއާ، އެސްޕީއެލްސީ ބޭނުންކޮށްގެން އަޑުއަހާ، އެމީހުންނަށް ނުރައްކަލަކަށްވާ ކޮންމެ މީހަކު، މޮސާޑު މެދުވެރިކޮށް ދަނީ މަރަމުންނެވެ. ސިހުޔޫނީންނަކީ، މިފަދަ އެތައް ޖަރީމާއެއް ހިންގާފައިވާ މުޑުދާރު ތާރީޚެއް އޮތް ބައެކެވެ.
އިޒުރޭލު ސަރުކާރު، މިއަދު އަހުރެމެން ކުށްވެރިކުރަނީ ޖިނާއީ ނަސްލީ ތަފާތުކުރުން ގެންގުޅޭ ސިހުޔޫނިއްޔަތު ގަބޫލުކުރާތީއެވެ. މި ސިހުޔޫނީ ނަސްލީ ތަފާތުކުރުމާއި، ނަސްލުހޭދައަށް ހިތްވަރުދިނުން ނަގުލުކޮށްފައި ވަނީ، ތައުރާތުގެ ޑިއޮޓްރޮނޮމީގައި ބަޔާންކޮށްފައިވާ ލިއުންތައް، ނަސްލު ނައްތާލުމަށް ހިތްވަރުދޭ ގޮތަށް މާނަކޮށްގެންނެވެ.
