Support Us

މަރުގެ އެތިފަހަރަކުން ސައިފު ސަލާމަތްވެއްޖެ

ބޮލީވުޑް ތަރި ސައިފު އަލީ ހާނަށް ރޭ މެންދަމު ވަޅިން ދިން ހަމަލާއަކުން ސަލާމަތްވެއްޖެއެވެ.

ސައިފަށް ހަމަލާ ދިނީ ބަންޑްރާގައި ހުންނަ އޭނާގެ އެޕާޓްމަންޓުން ވައްކަން ކުރަން ވަތް މީހެކެވެ.

ސައިފަށް ފުން ދެ ޒަހަމް ލިބިފައިވެއެވެ. އެ ގޮތުން މައިބަދަ ކައިރީގައިވާ ޒަހަމް ސާޖަރީ ހެދުމަށް ފަހު މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށް ސިއްހީ އެހީތެރިން ބުންޏެވެ.

ސައިފު ލީލާވަތީ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ދޮށީ ދަރިފުޅު އިބްރާހީމް އަލީ ހާންއެވެ.

ސައިފަށް ހަމަލާ ދިނީ އޭނާގެ އާއިލާ ރައްކާތެރިކުރުމަށް ވަގާ ކުރިމަތިލުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ގޮތުން ވައްކަން ކުރަން ވަގު އުޅުނު ވަގުތު އެޕާޓްމަންޓްގައި ސައިފުގެ އަންހެނުން، އިންޑިއާގެ ތަރި ކަރީނާ ކަޕޫރު ހާނާއި އެ ދެމަފިރިންގެ ދެ ފިރިހެން ދަރިން އުޅުނެވެ.

"އިމާރާތުގެ ލިފްޓާއި ލޮބީގެ ސީސީޓީވީން ވަގު ކަލޭގެ ނުފެނޭ. އެހެންކަމުން ބެލެވެނީ އޭނާ ސައިފުގެ އެޕާޓްމަންޓަށް ވަނީ އިމާރާތުގެ ފަހަތު ދޮރުން ކަމަށް،" ތަހުގީގު ކުރަމުން އަންނަ އޮފިޝަލަކު ބުންޏެވެ.

ސައިފުގެ އެޕާޓްމަންޓް ހުންނަނީ 12 ވަނަ ފަންގިފިލާގައެވެ. ވަގު އެ ތަނަށް ވަނީ ސިޑިން ކަމަށް ބެލެވޭ ކަމަށް އޮފިޝަލް ބުންޏެވެ.

ކަރީނާގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ސައިފުގެ އާއިލާގެ ހުރިހާ އެންމެން ސަލާމަތްވި ކަމަށެވެ.

"ފުލުހުން މި ހާދިސާ ތަހުގީގު ކުރަމުން އަންނާތީ އެކިއެކި ހިޔާލުތައް މި ހާދިސާއާ ގުޅޭ ގޮތުން ނުފެތުރުން އެދެން. މި ހާދިސާއާ މެދު ކަންބޮޑުވާ ހުރިހާ އެންމެނަށް ޝުކުރު އަދާކުރަން،" އެ ބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *