ޕާސްޕޯޓްގައި އަތުން ލިޔެ، ކުރެހުން ކުރަހައިފައިވާތީ އެމެރިކާ އަންހެނަކު ޕޮލެންޑަށް ވަނަނުދީ އަނބުރާ ފޮނުވައިލައިފިއެވެ.
ނަން ހާމަ ނުކުރާ ފަސިންޖަރު ޕޮލެންޑްގެ ކްރަކައު ބެލިސް އެއާޕޯޓަށް އައީ އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގެ ފްލައިޓަކުންނެވެ. މިހެންވެ، އެހެން އެއާޕޯޓުތަކުން އޭނާ ނުހިފެހެއްޓީ ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް، ރަސްމީ ގޮތުން ބޭނުންވާ ސޮއި ކަހަލަ ލިޔުމެއް ނޫން އެއްޗެއް ޕާސްޕޯޓުގައި އަތުން ލިޔެ، ކުރަހައިފައިވާ ނަމަ، ޕޮލެންޑަކަށް ނުވައްދައެވެ.
"ޕާސްޕޯޓު ކޮންޓްރޯލާ ހިސާބުން ހިފެހެއްޓި ފަސިންޖަރު ވަނީ އޭނާ ދަތުރުކުރި ގައުމުތަކުގެ ވިސާ ސްޓޭމްޕްތައް ކައިރީގައި އެއާޕޯޓްގެ ނަންތައް ލިޔެފައި،" ޕޮލެންޑްގެ އިމިގްރޭޝަން އޮފިޝަލަކު ބުންޏެވެ.
ޕާސްޕޯޓާއި މީހާއަކީ ކާކުކަން އަންގައިދޭ އެއްވެސް ޑޮކިއުމެންޓެއްގައި އަމިއްލައަށް ލިޔުމަކީ މަނާކަމެއްކަން ކުރިން ނޭނގޭ ކަމަށް ފަސިންޖަރު ބުނިކަމަށް އޮފިޝަލް ބުންޏެވެ.
މި ފަދަ ކަމެއް ކޮށްފި ނަމަ އެއާލައިންތަކުންނާއި އިމިގްރޭޝަން ޑިޕާޓްމަންޓްތަކުން އެ ފަދަ ފަސިންޖަރުން އާއްމު ގޮތެއްގައި ފްލައިޓްތަކަށް ނާރުވައެވެ.



advertisment