Support Us

ޕޯޗުގަލްގެ ހާރިޖީ ވަޒީރު ޕައުލޯ ރޭންޖަލް

ޔޫކްރޭންގައި ހުރި 6 އެމްބަސީއަކަށް ހަމަލާ، އެކަކު މަރު

ރަޝިއާއިން ދިން ވައިގެ ހަމަލާތަކެއްގައި ޔޫކްރެއިންގެ ވެރިރަށް ކިޔެވްގައި ހުރި ހަ ގައުމެއްގެ އެމްބަސީއަށް މިއަދު ގެއްލުން ލިބި އެކަކު މަރުވެއްޖެއެވެ.

"ރަޝިއާއިން ދިން މިސައިލް ހަމަލާތަކުގައި ގިނަ ބަޔަކު ޒަހަމް ވެސް ވި،" ޔޫކްރެއިންގެ ހާރިޖިއްޔާއިން ބުންޏެވެ.

ހަލާކުވި އެމްބަސީތަކަކީ އަލްބޭނިއާ، އާޖަންޓީނާ، އުތުރު މެސެޑޯނިއާ، ފަލަސްތީން، ޕޯޗުގަލް އަދި މޮންޓެނޭގްރޯގެ އެމްބަސީތަކެވެ.

ޕޯޗުގަލްގެ ހާރިޖީ ވަޒީރު ޕައުލޯ ރޭންޖަލް ވަނީ ރަޝިއާގެ މި ހަމަލާ ކުށްވެރިކޮށްފައެވެ.

"މި ހަ ގައުމުގެ އެމްބަސީތައް ހުންނަނީ އެއް އިމާރާތެއްގައި،" ޕައުލޯ ބުންޏެވެ.

ކިޔެވްއަށް ރަޝިއާއިން ދިނީ ވަރުގަދަ ހަމަލާތަކެއް ކަމަށް ޕޯޗުގަލްގެ މީޑިއާއަށް ޕައުލޯ ބުންޏެވެ.

"ނަމަވެސް އެމްބަސީތަކަށް ލިބުނު ގެއްލުން ނިސްބަތުން ކުޑަ،" ޕައުލޯ ބުންޏެވެ.

"ގައުމެއްގެ ޑިޕްލޮމެޓިކް ތަނަކަށް ހަމަލާއެއް އަމާޒުކުރުމަކީ، ނުވަތަ ހަލާކުކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ބުންޏެވެ.

ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އަޅާނެތޯ ނޫސްވެރިން ސުވާލުކުރުމުން ޕައުލޯ ބުނީ "ފަހުން އެހެން ފެންވަރެއްގައި އެހެން ކަހަލަ ފިޔަވަޅުތަކެއް އަޅާނެ" ކަމަށެވެ. ނަމަވެސް އޭނާ ތަފުސީލެއް ނުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *