މަޝްހޫރު "ޓައިމް" މަޖައްލާއިން ކޮންމެ އަހަރަކު ހޮވާ އަހަރުގެ ޝަހުސިއްޔަތުގެ މަގާމަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮވައިފައެވެ.
"ރަނގަޅަސް، ނުބަޔަސް، މި އަހަރުގެ ސުރުހީތަކަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ ޓްރަމްޕް،" މަޖައްލާގެ ޗީފް އެޑިޓަރު ސޭމް ޖެކޮބްސް ބުންޏެވެ.
ރައީސްކަމަށް ފުރަތަމަ ފަހަރަށް އިންތިހާބުވެ ވަޑައިގަތް 2016 ވަނަ އަހަރު ވެސް "ޓައިމް" މަޖައްލާއިން އެ އަހަރުގެ ޝަހުސިއްޔަތަކަށް ޓްރަމްޕް ހޮވިއެވެ.
ޓްރަމްޕާ މި ފަހަރު ވާދަކުރި ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް، އެކްސްގެ ވެރިޔާ އެލަން މަސްކު، އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ އަދި ވޭލްސްގެ ޝެހެޒާދާ ކޭޓް މިޑްލްޓަން ހިމެނެއެވެ.
"ޓައިމް" މަޖައްލާގެ މި ދިޔަ އަހަރުގެ ޝަހުސިއްޔަތަކީ އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްއެވެ.



advertisment