Support Us

އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންގެ ގަބުރުތަކެއް އަނބުރާ ފޮނުވައިލުމަށް ޖަރުމަނުން ތައްޔާރުކޮށްފައި

100 އަހަރު ފަހުން ކާބަފައިންގެ ކަށިތަކެއް އަނބުރާ ދީފި

އިސްތިއުމާރީ ޒަމާނުގައި ޖަރުމަނަށް ގެނައި މިނިކަށިތަކެއް 100 އަހަރު ފަހުން އޮސްޓްރޭލިއާއަށް އަނބުރާ ދީފިއެވެ.

މިއީ 19 ވަނަ ގަރުނުގެ ޖަރުމަނުގެ ދާރުލްއާސާރަކަށް ގެނައި އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންގެ ކަށިތަކެކެވެ.

"މިއީ ގަދަކަމުން އަތުލައިފައިވާ އާސާރީ ތަކެތި ވެސް އެ ގައުމުތަކަށް އަނބުރާ ދިނުމުގެ މަޝްރޫއުގެ ތެރެއިން އެޅި ފިޔަވަޅެއް،" އޮފިޝަލަކު ބުންޏެވެ.

މި ފަހަރު އަނބުރާ ދިނީ ފަސް މީހެއްގެ ގަބުރުތަކެވެ.

"މިއީ ޖަރުމަނަށް ގެންނަން ނުވެސް ޖެހޭ ތަކެތި،" ޕްރަޝިއަން ކަލްޗަރަލް ހެރިޓެޖް ފައުންޑޭޝަންގެ ވެރިޔާ ހާމަން ޕާޒިންގާ ބުންޏެވެ.

މި ފަދަ ތަކެތި ޔޫރަޕަށް ގެނައީ އެހެނިހެން ގައުމުތަކުގެ މީހުންނާއި އެ މީހުންގެ ސަގާފަތް ދަސްކުރުމަކީ ޔޫރަޕްގެ ރައްޔިތުން ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރެވުނު ޒަމާނެއްގައި ކަމަށް އޭނާ ބުންޏެވެ.

"އެ ގޮތުން އެހެން ގައުމުތަކުގެ ސަގާފީ ތަކެއްޗާއި މަހާނަތައް ކޮނެގެން ތަރިކަ މުދާ ޔޫރަޕަށް ގެނެސްފައިވޭ،" ޕާޒިންގާ ބުންޏެވެ.

މި ފަދަ ދިރާސާތައް ކުރުމަށް އިސްތިއުމާރު ކުރެވުނު ގައުމުތަކުގެ ސަގާފީ ތަކެތި ޖަރުމަނުގެ ވެރިރަށް ބާލިން ކަހަލަ ތަންތަނުގެ ދާރުލްއާސާރުތަކަށް ގެނައެވެ. ޔޫރަޕްގެ އެހެން ދާރުލްއާސާރުތަކާ ވާދައަށެވެ. އެ ގޮތުން ބާލިންގެ ދާރުލްއާސާރުތަކުންވަނީ އެހެން ގައުމުތަކުގެ ސަގާފީ ތަކެތި އެއްކުރުމަށް ފަހު ޖަރުމަނަށް ފޮނުވަން ސައިންސްވެރިންނާއި ސައްޔާހުންނާއި ވިޔަފާރިވެރިންގެ ވިއުގައެއް ގާއިމުކޮށްފައެވެ. އެއީ 20 ވަނަ ގަރުނަށް އެޅުނު ދުވަސްވަރުއެވެ.

"މި އަމަލުތައް ހިންގީ އިންސާނިއްޔަތާ ހިލާފަށް. މި ތަކެތީގެ އަސްލު ވެރިފަރާތްތަކުގެ ޝަރަފު މުގުރައިލައިފައި،" ޕާޒިންގާ ބުންޏެވެ.

ބާލިންގެ ދާރުލްއާސާރުތަކުން މީގެ ކުރިންވަނީ 162 ގަބުރު އޮސްޓްރޭލިއާއަށް އަނބުރާ ފޮނުވައިލައިފައެވެ.

"އެހެން ގައުމުތަކުން ވެސް ޖުމްލަ 1،700 ގަބުރު އަނބުރާ އޮސްޓްރޭލިއާއަށް ފޮނުވައިލައިފައިވޭ. މިއީ އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންނަށް ވަރަށް މުހިންމު ކަމެއް،" އޮސްޓްރޭލިއާއިން ޖަރުމަނަށް ކަނޑައަޅައިފައި ހުންނަ އެމްބެސެޑަރު ނަތާޝާ ސްމިތު ބުންޏެވެ.

"މިއީ ހިތާމަވެރިކަމެއް. އެކަމަކު އުފާވެރި ވަގުތުކޮޅެއްވެސްމެ. އަހަރެމެންގެ ކާބަފައިންގެ މި ގަބުރުތައް އަހަރެމެންގެ މުޖުތަމައަށް އަނބުރާ ގެނައުމުން އަހަރެމެންނަށް ލިބިފައިވާ ނަފުސާނީ ޒަހަމްތައް ރަނގަޅުވާން ފަށާނެ. އޮސްޓްރޭލިއާއަށް އަނބުރާ ގެންދިއުމުގެ ދަތުރަށް 40 ގަޑިއިރު ހޭދަވިޔަސް މައްސަލައެއް ނެތް. އަހަރެމެން 144 އަހަރު ކެތްކޮށްފިން،" އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންގެ މުޖުތަމައެއް ކަމަށްވާ އުގަރު ޖަޒީރާގެ ފަރާތުން ވާހަކަދެއްކި ރޮކީ ސްޓީވަން ބުންޏެވެ.

ބާލިންގައި ހުރި ދާރުލްއާސާރުތަކުން މިހާރު އަންނަނީ އެ ތަންތަނުގައި ހުރި ތަރިކަތަކުގެ ތެރެއިން އެ ތަކެތި ގެނައި ގައުމުތައް އެނގޭ ގައުމުތަކަށް އެ ތަކެތި އަނބުރާ ފޮނުވައިލުމަށް ތައްޔާރުވަމުންނެވެ.
"މި ކަން ކުރުމަށް އަހަރެމެންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން،" ޕާޒިންގާ ބުންޏެވެ.

ޔޫރަޕާއި އުތުރު އެމެރިކާގެ ގައުމުތަކުން މިހާރު އަންނަނީ އިސްތިއުމާރު ކުރެވުނު ގައުމުތަކުން ލޫޓުވާލެވުނު ހުރިހާ ތަރިކަ މުދަލެއް އަނބުރާ އޭގެ ހައްގު ގައުމުތަކަށް ފޮނުވައިލެވޭތޯ މަސައްކަތްކުރަމުންނެވެ.

އެ ގޮތުން 2022 ގައި ޖަރުމަނުންވަނީ "ބެނިން ބްރޮންޒަސް" ނަމަކަށް ކިޔާ ލޮއެއިން ހަދައިފައިވާ އެތައް ބުދެއް އަނބުރާ ނައިޖީރިއަށް ފޮނުވައިލުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ މީގެ 120 އަހަރު ކުރިން އިނގިރޭސީން އެފްރިކާއިން ލޫޓުވައިލި ތަކެތީގައި ހިމެނޭ ބުދުތަކެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *