Support Us

ބޭވަފާތެރިވުމަކީ ނިއު ޔޯކްގައި މިހާރު ޖިނާއީ ކުށެއް ނޫން

ބޭވަފާތެރިވުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތްއޮތުން އެމެރިކާގެ ނިއު ޔޯކް ސްޓޭޓުގެ ގާނޫނުން ބޭރުކޮށްލައިފިއެވެ.

ގަރުނެއްހާ ދުވަސް ކުރިން،  1907 އިން ފެށިގެން ހަދައިފައިވާ ގާނޫނު ބާތިލުކުރާ ބިލެއް ގަވަރުނަރު ކެތީ ހޯކަލް އިއްޔެ ވަނީ ތަންފީޒުކޮށްފައެވެ.

ވަރަށް މަދުން ނޫނީ ތަންފީޒުކޮށްފައިނުވާ މި ގާނޫނުގެ ދަށުން، ބޭވަފާތެރިވެއްޖެ ނަމަ ތިން މަހަށް ޖަލަށްލައެވެ.

"މިއީ ތަންފީޒުކުރަން ދަތި ގާނޫނެއް. މި ފަދަ މައްސަލަތައް ހައްލުކުރާނީ ދެމަފިރިން. ޖިނާއީ އަދުލުވެރިކަމުގެ ނިޒާމަކުން ނޫން. ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުމަކީ އެހާ ސީދާސާދާ ގުޅުމަކަށް ނުވެދާނެ،" ކެތީ ބުންޏެވެ.

ބޭވަފާތެރިވުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ ގާނޫނުގައިވެއެވެ. މި ގާނޫނު ހަދައިފައިވަނީ ވަރިވުމުގެ އުޒުރެއްގެ ގޮތުން ހަމައެކަނި ބޭވަފާތެރިކަން ސަބަބެއްގެ ގޮތުގައި ހުށަހެޅި ދުވަސްވަރެއްގައެވެ. އެ ގޮތުން މި ގާނޫނު ބޭނުންކުރީ ވަރިވުމަކީ އުނދަގޫކަމަކަށް ހެދުމަށެވެ.

މިހާތަނަށް އައިއިރު މި ދައުވާކޮށްފައިވަނީ މަދު ފަހަރެއްގައެވެ. އަދި ކުށް ސާބިތުވެފައިވަނީ ވެސް ވަރަށް މަދުންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި މި ގާނޫނު އުވައިލަން ބައެއް ސްޓޭޓްތަކުން މަސައްކަތް ފަށައިފައިވެއެވެ.

ނިއު ޔޯކްގައި މި ގާނޫނު 1960 ގެ އަހަރުތަކުގައި އުވައިލަން މަސައްކަތްކުރިއެވެ. އެއީ މި ގާނޫނަކީ ތަންފީޒުކުރަން ދަތި ގާނޫނެއް ކަމަށް ގާނޫނުލް އުގޫބާތު ދިރާސާކުރި ކޮމިޝަނަކުން ބުނުމުންނެވެ. ނަމަވެސް ގާނޫނު އުވައިނުލަން އެއިރު ނިންމީ އުވައިލައިފި ނަމަ ނިއު ޔޯކުން ބޭވަފާތެރިކަމަށް ހިތްވަރު ދެނީކަމަށް އާއްމުންނަށް ހީވެދާނެކަމަށް ސިޔާސީ ލީޑަރަކު ބުނުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *