Support Us

އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ލުބްނާންގެ ވެރިރަށް ބައިރޫތުގެ އިމާރާތެއް އަނދަނީ

ލުބްނާން ޕާލަމަންޓް ކައިރިއަށް އިސްރާއީލުން ބޮން އަޅައިފި

ލުބްނާންގެ ޕާލަމަންޓް ހުންނަ ޒުގާގު އަލް ބުލާތު ސަރަހައްދަށް އިސްރާއީލުން ދެ މިސައިލް ފޮނުވައިލުމުން މަދުވެގެން ފަސް މީހުން ޝަހީދުވެއްޖެއެވެ.

މި ތަނަކީ އދ.ގެ ލުބްނާން އޮފީހާއި ލުބްނާންގެ ބޮޑު ވަޒީރުގެ އޮފީސްކޮޅު ވެސް ހުންނަ ތަނެވެ.

ލުބްނާނުގެ ވެރިރަށް ބައިރޫތުގެ މި ސަރަހައްދަށް އިސްރާއީލުން މި ހަމަލާތައް ދިނީ ލުބްނާނާއި ހިޒްބުﷲއިން އިސްރާއީލާއެކު ސުލްހަ ގާއިމުކުރަން އެއްބަސްވެފައިވަނިކޮށް ކަމަށް ރިޕޯޓްތައް ބުންޏެވެ.

"އެމެރިކާއިން އަންނަނީ ލުބްނާނުން އިސްރާއީލު ސިފައިން ބާލައި، ބޯޑަރާ ދުރަށް ހިޒްބުﷲގެ ހަނގުރާމަވެރިން ގެންދާ އެއްބަސްވުމެއް ގާއިމުކުރަން މަސައްކަތްކުރަމުން،" ލުބްނާންގެ ދައުލަތުގެ މީޑިއާ ނެޝަން ނިއުސް އެޖެންސީން ރިޕޯޓްކުރިއެވެ.

ލުބްނާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހު ބައްރީގެ އެހީތެރިއެއް ކަމަށްވާ އަލީ ހަސަން ހަލީލު ބުނީ އެމެރިކާއިން ހުށަހަޅައިފައިވާ ސުލްހައިގެ ދެލިކޮޕީއާމެދު ލުބްނާނުން ދެކޭ ގޮތް އެމެރިކާގެ އެމްބެސެޑަރަށް ހުށަހަޅައިފައިވާނެކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް އޭނާ ނުދޭކަމަށް ރޮއިޓާސްއިން ރިޕޯޓްކުރިއެވެ.

ހިޒްބުﷲއާ ގާތް ގުޅުމެއް ބާއްވާ ބައްރީ އިއްޔެ އެމެރިކާގެ މަންދޫބު އޭމަސް ހޮކްސްޓައިންއާ ބައްދަލުކުރަން ހަމަޖެހިފައިވެއެވެ.

ލުބްނާނަށް އިސްރާއީލުން ދޭން ފެށި ހަމަލާތައް ސެޕްޓެމްބަރު މަހު ވަނީ ވަރުގަދަކޮށްފައެވެ. އެ ގޮތުން ހިޒްބުﷲ ނިކަމެތިކޮށްލާނެކަމަށް އިސްރާއީލުން ބުނެފައިވެއެވެ. ޣައްޒާ ހަނގުރާމަ ފެށިތަނާ ހިޒްބުﷲއިން ވަނީ ކެނޑިނޭޅި ރޮކެޓާއި މިސައިލު ހަމަލާތައް އިސްރާއީލަށް ދޭން ފަށައިފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ލުބްނާންގެ 3،500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ލުބްނާންގެ ސިއްހީ ވުޒާރާއިން ބުންޏެވެ. ހިޒްބުﷲގެ ރޮކެޓް ހަމަލާތަކުގައި މަދުވެގެން 77 ޔަހޫދީން މަރުވެފައިވާ ކަމަށް އިސްރާއީލުން ބުންޏެވެ. އޭގެ ތެރޭގައި 31 ސިފައިން ހިމެނެއެވެ. އިސްރާއީލު އަސްކަރިއްޔާއިން އެއްގަމު މަގުން ލުބްނާނަށް އެރުމުން ހިޒްބުﷲއިން ވަނީ 50 އަށްވުރެ ގިނަ ޔަހޫދީ ސިފައިން މަރައިލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *