Support Us

ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލީ އިސްރާއީލުން: ނަތަންޔާހޫ

ހިޒްބުﷲ މެންބަރުން ގެންގުޅުނު ޕޭޖަރުތަކާއި ވޯކީޓޯކީތައް ލުބްނާންގައި މިދިޔަ ސެޕްޓެމްބަރު މަހު ގޮއްވައިލީ އިސްރާއީލުން ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ.

މިއީ ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލުމުގެ ފަހަތުގައި ވަނީ އިސްރާއީލުކަމަށް އެ ގައުމުން އެއްބަސްވި ފުރަތަމަ ފަހަރެވެ.

"ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލީ ދިފާއީ ދާއިރާތަކުގެ އޮފިޝަލުން ދެކޮޅު ހަދަމުން ދަނިކޮށް،" ކެބިނެޓް ބައްދަލުވުމެއްގައި ނަތަންޔާހޫ ބުންޏެވެ.

ހިޒްބުﷲ މެންބަރުންގެ ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލުމުން މަދުވެގެން 37 މީހުން މަރުވިއެވެ. އޭގެ ތެރޭގައި ބައެއް ކުޑަކުދިންވެސް ހިމެނެއެވެ. އަދި 3,000 އާ ގާތްކުރާ އަދަދެއްގެ މީހުން ޒަހަމްވިއެވެ. ލުބްނާންގެ ސިއްހީ އިދާރާތަކުން ބުނީ އޭގެ ތެރޭގައި ގިނައީ އާންމުންކަމަށެވެ.

ޕޭޖަރުތައް ގޮއްވައިލީ ސެޕްޓެމްބަރު 17 ގައެވެ. ވޯކީޓޯކީތައް އެއާ ޖެހިގެން އައި ދުވަހުއެވެ. އިސްރާއީލުގެ އެއިރުގެ ދިފާއީ ވަޒީރުކަމުގެ މަގާމުގައި ހުރި ޔޮއަވް ގެލަންޓް ވަނީ ޕޭޖަރުތައް ގޮއްވައިލުމުގައި އިސްރާއީލުގެ އަތެއްވާކަން ދޭހަވާގޮތަށް ވާހަކަދައްކައިފައެވެ. ނަމަވެސް މި ކަން ކަށަވަރުކޮށްދިނީ އިއްޔެ ނަތަންޔާހޫއެވެ.

އިސްރާއީލުގެ ސަރުކާރުގެ އެތެރޭގައި މިހާރު ވަނީ ކޯޅުންތައް އުފެދެން ފަށައިފައެވެ. ޣައްޒާ ހަނގުރާމަ ހުއްޓައިލާނެ ގޮތަކާއި ހަމާސްއިން އަދިވެސް ދޫނުކޮށްލައި ތިބި 100 ޔަހޫދީން ދޫކޮށްލުމާމެދު ހަމާސްއާއެކު މަޝްވަރާތައް ކުރިއަށް ގެންދާނީ ކިހިނެތްތޯއާމެދުއެވެ. ނަތަންޔާހޫ އަންގާރަ ދުވަހު ގެލަންޓް މަގާމުން ދުރުކުރީ ވެސް މި އަރައިރުންވުންތަކުގެ ތެރެއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *