Support Us

މިނިސްޓަރުގެ ސަމޯސާ ކެއުމުން ފުލުހުން ހޫނު ފެނަށް

އިންޑިއާގެ ހިމަޗަލް ޕްރަދޭޝް ސްޓޭޓްގެ ޗީފް މިނިސްޓަރު ސުކްވިންދަރު ސިންގް ސުކޫ ކެއުމަށް ތައްޔާރުކޮށްފައި ހުރި ސަމޯސާތަކެއް ކެއުމުގެ މައްސަލައިގައި ފަސް ފުލުހުންނަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފިއެވެ.

ދިވެހި ބަޖިޔާހެން ތިނެސްކަން ސިފައިގައި ހުންނަ ސަމޯސާއަކީ ތެލުލި ފުށުގައި ތައްޔާރުކުރާ ހެދިކާއެކެވެ. އެއަށް އަޅަނީ މަހާއި ތަރުކާރީއެވެ.

ފުލުހުން ސުކޫގެ ރަސްމީ ޒިޔާރަތަކަށް ތައްޔާރުކުރި ސަމޯސާތަކެއް ހުރި އެއް ތަށި ގެއްލުމުން ތަހުގީގެއް ފަށައި، އޭގައި ހުރި ސަމޯސާތައް ކެއީ ފަސް އޮފިސަރުންކަމަށް ފަޅާއަރައި، އެ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން މިހާރު ވަނީ ނިންމައިފައެވެ.

ސަމޯސާއަކީ އިންޑިއާގައި ތައްޔާރުކުރާ އެ ގައުމުގެ މުހިންމު ސަގާފީ ހެދިކާއެކެވެ. ރޭލުތަކުގައާއި މަގުމަތީގައި ވިއްކާ އެއްޗެކެވެ. މީގެ އިތުރުން ސަރުކާރުން ބާއްވާ ބިލެތްމީރުކޮށްލުންތަކުގައި ވެސް ސަމޯސާ މުހިންމު ރޯލެއް އަދާކުރެއެވެ.

"މި ފަސް ފުލުހުންވެގެން ސުކޫއަށް ބަހައްޓައިފައި ހުރި ސަމޯސާތައް ކެއުމުން އެ ކަން ބެލެވެނީ އެއީ ސަރުކާރާ ދެކޮޅު އަމަލެއްގެ ގޮތުގައި. އެ މީހުންގެ އަމިއްލަ އެޖެންޑާއެއް އޮތީ. މިއީ ގަސްދުގައި ހިންގި ނޭދެވޭ އަމަލެއްކަމަށް ބެލެވެނީ،" އިކޮނޮމިކް ޓައިމްސްއިން ބުންޏެވެ.

ފަސް ފުލުހުންވެގެން ޗީފް މިނިސްޓަރުގެ ސަމޯސާތައް ކެއީ ކީއްވެކަން ބުނެދިނުމަށް އެދި އެ މީހުންނަށް ނޯޓިސް ފޮނުވައިފައިވާކަމަށް އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓްކުރިއެވެ.

"އެ ފުލުހުންގެ އެންމެ ފަހު ބަޔާންތައް ނެގުމުގެ މަގުމަތީގައި މިހާރު އުޅެނީ. ދެން އިސް ފުލުސް އޮފިސަރެއް އެ މީހުންނާ ދެކޮޅަށް ފިޔަވަޅުއަޅާނެ،" އެ ނޫހުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *