Support Us

އިސްރާއީލުން ސުންނާފަތިކޮށްލައިފައިވާ ޣައްޒާގައި ފަލަސްތީނު މީހަކު ކައްކަނީ

އިސްރާއީލުން ބޭނުންވަނީ އުތުރު ޣައްޒާ ހުސްކޮށްލަން ކަމަށް ބެލެވެން ފަށައިފި

އިސްރާއީލުން އުޅެނީ އުތުރު ޣައްޒާއިން ފަލަސްތީނުގެ ހުރިހާ ރައްޔިތުން ބޭރުކޮށްލަންކަމަށް ބެލެވޭކަމަށް އެހީ ދޭ ޖަމާއަތްތަކުން ބުނެފިއެވެ.

"ޣައްޒާއަކީ އިސްރާއީލުގެ ބިމުގެ ބައެއް،" އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިކް ބުންޏެވެ.

"އުތުރު ޣައްޒާ ފިއްތާލިފިއްތާލީނުން އިންސާނީ އެހީ ފޯރުކޮށްދިނުން ވަނީ ކަންބޮޑުވާ މައްސަލައަކަށްވެފައި. އެތައް ހާސް ފަލަސްތީނު ރައްޔިތުންގެ ފުރާނައަށް ވަނީ ނުރައްކާވެފައި،" އދ.އިން ބުންޏެވެ.

އިސްރާއީލުން ބުނަނީ ޣައްޒާ ހަނގުރާމަ ކުރިއަށްގެންދަނީ ހަމާސް ބަލިކުރަން ކަމަށެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާގެ އަމަލުތައް ހުރީ ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ޣައްޒާއިން ބޭލުންކަމަށް ދޭހަވާ ގޮތަށްކަމަށް އެހީ ދޭ ޖަމާއަތްތަކުން ބުންޏެވެ.

"މި ރޭވުމަށް ކިޔަނީ 'ޖެނެރަލުންގެ ޕްލޭން'. މިއީ އިސްރާއީލުގެ އަސްކަރިއްޔާގައި މުސްކުޅިކުރެވިފައިވާ ސިފައިން ޕްރޮމޯޓުކުރާ ރޭވުމެއް. ބޭނުމަކީ އުތުރު ޣައްޒާ ފަޅުކޮށްލުން،" އެހީ ދޭ ޖަމާއަތެއްގެ އޮފިޝަލަކު ބުންޏެވެ.

އިސްރާއީލުގެ މި ރޭވުމުގެ އަސަރު މިހާރު ވަނީ އުތުރު ޣައްޒާގެ 75،000 މީހުންނަށްކޮށްފައެވެ. އަސާސީ އެހީ އާއި އިންސާނީ އެހީ އެ މީހުންނަށް ނުލިބޭތީ އުތުރު ޣައްޒާ ދޫކޮށްލުމަށް އެ މީހުންނަށް ވަނީ މަޖުބޫރުވެފައިކަމަށް އެހީ ދޭ ޖަމާއަތްތަކުން ބުންޏެވެ.

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދ.ގެ ޖަމިއްޔާ، ޔޫ.އެން ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)އިން ބުނީ އުތުރު ޣައްޒާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށެވެ.

"ހޮސްޕިޓަލްތައް ހުރީ ސުންނާފަތިކޮށްލައިފައި. ފެނާއި ތެލާއި ސިއްހީ އާލާތްތައް ހުރީ ވަރަށް މަދު މިންވަރަކަށް،" އެ ޖަމިއްޔާއިން ބުންޏެވެ.

އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ވަނީ އެ ޖަމިއްޔާ މަނާކުރާ ބިލެއް ފާސްކޮށްފައެވެ. އިސްރާއީލުގެ އެންމެ އެކުވެރި ގައުމު ކަމަށްވާ އެމެރިކާ ހިމެނޭހެން އެ ބިލަށް ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ ފާޑުކިޔައިފައެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ފަލަސްތީނު ނަސްލު ނައްތައިލުމުގެ ރޭވުމާ ދެކޮޅަށް ތެދުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސް ވަނީ ބުދަ ދުވަހު ގޮވައިލައްވައިފައެވެ. އޭނާ އިސްރާއީލަށް ވަނުން އިސްރާއީލު ސަރުކާރުން މިހާރު ވަނީ މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *