Support Us

ޔަހްޔާ ސިންވާރު އުފަންވީ ޣައްޒާގެ ޚާން ޔޫނިސްގައި ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅޭ ކޭމްޕްގައި

ސިންވާރު ޝަހީދުކޮށްލީ ޣައްޒާގައި: ނަތަންޔާހޫ

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުން އަންނަ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަކޮށްލީ ޣައްޒާގައި ކަމަށް އިސްރާއީލުން ބުނެފިއެވެ.

"އޭނާ މަރައިލީ ރަފަހްގައި ސިފައިންނަށް ފިލަން މަސައްކަތްކުރަނިކޮށް،" އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އިއްޔެ ބުންޏެވެ.

މިސްރުގެ ބޯޑަރު ކައިރީގައި އޮންނަ ޣައްޒާގެ ސަހަރެއް ކަމަށްވާ ރަފަހްއަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަދެގަތީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޕްރެޝަރާ ދެކޮޅަށް ކަމަށް ފާހަގަކުރަމުން ނަތަންޔާހޫ ބުނީ ޣައްޒާ ހަނގުރާމަ ހުއްޓައިނުލަން އިސްރާއީލުން ނިންމި ސަބަބު މިހާރު "އެންމެންނަށް ސާފުވާނެ" ކަމަށެވެ.

"ޔަހޫދީ ރަހީނުން ދޫކޮށްލައި ހަތިޔާރު ބަހައްޓާ ފަލަސްތީނު ހަނގުރާމަވެރިން ދިރިއުޅެން ދޫކޮށްލައިނަން،" ނަތަންޔާހޫ ބުންޏެވެ.

"އެއާ ހިލާފަށް ޔަހޫދީ ރަހީނުންނަށް އަނިޔާވެރިވެއްޖެ ނަމަ، އެއީ ފަލަސްތީނު ހަނގުރާމަވެރިން އަމިއްލަ ބޮލުގައި އަޅަންޖެހޭނެ ޒިންމާއެއް،" ނަތަންޔާހޫ އިތުރަށް ބުންޏެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ސިންވާރުގެ އިތުރުން ދެ ހަނގުރާމަވެރިން ޝަހީދުކޮށްލި ކަމަށެވެ.

"ސިންވާރުކަން ކަށަވަރު ކުރެވުނީ އޭނާގެ ދަތާއި އިނގިލީގެ ނިޝާން ދިރާސާކޮށްގެން،" އިސްރާއީލުގެ ފުލުހުން ބުންޏެވެ.

ސިންވާރު އަވަހާރަކޮށްލުމާ ބެހޭ ގޮތުން ހަމާސްއިން ވަކި އެއްޗެއް އަދި ނުބުނެއެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގެ 1،200 ޔަހޫދީން މަރައިލައި 250 ޔަހޫދީން ރަހީނުކުރި ހަމަލާ ރޭވީ ސިންވާރު ކަމަށް އިސްރާއީލުން އަބަދުވެސް ތުހުމަތުކުރެއެވެ.

ހަމާސްގެ އެތައް އިސްވެރިން މިހާރު ވެސް ޝަހީދުކޮށްލައިފައިވާތީ އެ ޖަމާއަތާ ދެން ހަވާލުވާނީ ކާކުކަން ނޭނގޭ ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.

ސިންވާރު އުފަންވީ 1962 ގައި ޣައްޒާގެ ޚާން ޔޫނިސް ރެފިއުޖީ ކޭމްޕަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *