މާލޭގެ ބައެއް ގެތަކުގައި ބިލެތް ހައްދައިފައި ހުންނަތަން މަދުމަދުން ނަމަވެސް ފެނެއެވެ. ނަމަވެސް، މިހާ ބޮޑު ބިލެތްް ފީންޏެއް މީގެ ކުރިއަކުން މާލެއަކުން ނުފެނެއެވެ.
މާލޭގައި ހުރި މި ބިލެތް ފީނި ބަލައިލަން ބޭނުންހެއްޔެވެ؟ އެހެންވެއްޖެނަމަ، ހ. އަތިރީގޭގައި ހުންނަ އެސްޓާސް އަށް ވަދެ، އެ ތަނުގެ ބިއްދޮށު ސިޑިން އަރާށެވެ.
ބިންމަތީގައި އިންދައިފައި ހުރި ބިލެތް ވެޔޮތައް ފިސާރަ ނަލަކޮށް އަރަމުން އެ ދަނީ ޖެހިގެން ހުރި އުސް އިމާރާތުގެ ފާރަށެވެ. މިހާރު ވަނީ ފަސް ވަނަ ބުރިއާ ހަމައަށް ވެސް އަރައިފައެވެ. އެއީ ގާތްގަނޑަކަށް ފަންސާހަކަށް ފޫޓެވެ.
މިހާ ބައިވަރު ބިލެތް އެ ތަނުގައި ހުރި ނަމަވެސް، އެތަނުން ބިލެތް ކަނޑާ ތަނެއް އަދި މަދުވާތަނެއް ވެސް ނުފެނެއެވެ.
ރަށްރަށުގެ ބިލެތް ޅޮސްތަކުން ބިލެތް ކަނޑަނީ ހަރު ބަނދެގެން އަރައެވެ. އެކަމަކު، އުސް ފާރަކަށް އަރައިފައިވާ މި ވެލުން ބިލެތް ކަނޑަން ހަދާނީ ކިހިނެއްބާއެވެ؟
ކޮންމެ ގޮތަކުން ބިލެތް ކެނޑި ނަމަވެސް، މާލޭ ބާޒާރާ ހަމައަށް ގެންގޮސްފި ނަމަ، ފަތުއަޑު ކިޔައިފައި އަރައިގެންދާނެކަން ހަމަ ޔަގީނެވެ.






advertisment