ރަތް ކަނޑުގެ މުރަކަ ފަރުތަކާއި ކަނޑުއަޑީގެ ހޮހަޅަތަކުން އާ ބާވަތެއްގެ މަހެއް ފެނިއްޖެއެވެ.
"ގޯބީ" ބާވަތުގެ އާއިލާއަށް ނިސްބަތްވާ މި މަހަށް ސައިންސްވެރިން ދިން ސައިންޓިފިކް ނަމަކީ "ސުއެވިއޮޓާ އެއިތޮން"އެވެ.
ސައުދީ އަރަބިއްޔާގެ ކިންގް އަބްދުﷲ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އާއި އެމެރިކާގެ ޔުނިވާސިޓީ އޮފް ވޮޝިންޓަނުން ބުނީ މި މަހުގެ ތިން ކުލައިގެ މަސް ފެނިފައިވާ ކަމަށެވެ.
"މަހުގެ ދިގު މިނަކީ އެންމެ ދެ ސެންޓިމީޓަރު،" ޕެންސޮފްޓްގެ ޒޫކީސް މަޖައްލާގައި ބުނެފައިވެއެވެ.
މި ބާވަތުގެ ފުރަތަމަ މަސް ފެނުނީ ސައުދި އަރަބިއްޔާގެ ފަރަސާން އައްސޭރިންނެވެ. އޭގެ ފަހުން ރަތް ކަނޑުގެ ސުވާލް ސަރަހައްދުންނެވެ.
މި މަސް ފެނުނީ ރިސާޗް ކުރާ މީހެއް ކަމަށްވާ ވިކްޓާ ނޫނެސް ޕައިނެމަން ޑައިވްކުރަން ގޮސް އުޅެނިކޮށެވެ.
ސައިންސްވެރިން ފުރަތަމަ ހިތަށް އެރީ 1972 ގައި ފެނުނު މަހެއް އަލުން ފެނުނީ ކަމަށެވެ. ނަމަވެސް އެ ސޮރުގެ ސިފައަށް ބެލުމުން އެނގުނީ މިއީ އާ މަހެއް ކަމެވެ.
"އާބާދީ ވަރަށް ކުޑަ ބާވަތެއްގެ މަހެއް ކަމަށް ބެލެވެނީ. އެހެންވީމާ މިހާތަނަށް ނުފެނިފައިވަނީ،" ސައިންސްވެރިޔަކު ބުންޏެވެ.



advertisment