Support Us

އިރާނުން އިސްރާއީލަށް ދުރުރާސްތާގެ ބެލިސްޓިކް މިސައިލް ފޮނުވައިލަނީ

އިސްރާއީލަށް ހަމަލާދިނީ ހަމަތަކެއްގެ މަތިން: އިރާން

އިސްރާއީލަށް ބެލިސްޓިކް މިސައިލުން ހަމަލާދިނީ ހަމަތަކެއްގެ މަތިން ކަމަށް އިރާން ބުނެފިއެވެ.

"އަހަރެމެން އިސްރާއީލަށް ދިން ހަމަލާތަކަކީ ޒަޔަނިސްޓް ދައުލަތުން ދޭ ޓެރަރިސްޓް ހަމަލާތަކަށް ގާނޫނާ އެއްގޮތަށް، ބުއްދި ގަބޫލުކުރާ ހަމަލާތަކެއް. އިސްރާއީލުން ވަނީ އިރާންގެ ރައްޔިތުންނާއި އިރާންގެ ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާކޮށްފައި،" އދ.ގައި ހުންނަ އިރާންގެ މިޝަނުން ބުންޏެވެ.

އިރާނުން ބުނީ ދުރު ރާސްތާގެ 180 ބެލިސްޓިކް މިސައިލް އިސްރާއީލަށް ފޮނުއްވައިލަން ނިންމެވީ އިރާންގެ އެންމެ އިސްވެރިޔާ އަލީ ހާމަނާއީ ކަމަށެވެ. އެއީ އިސްރާއީލުން ލުބްނާނަށް އަރައިގަތުމާއި ހިޒްބުﷲ އާއި ހަމާސްގެ އިސްވެރިން ދާދި ފަހުން ޝަހީދުކޮށްލުމާ ގުޅިގެން ކަމަށެވެ.

އިރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ އިރާނަކީ ހަނގުރާމަވެރި ގައުމެއް ނޫން ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫއަށް އެނގެންޖެހޭނެ ކަމަށެވެ.

"އަހަރެމެންނަށް ކުރާ ކޮންމެ ނުރައްކަލަކާ އަހަރެމެން ކުރިމަތިލާނަން. އިރާނާ ހަނގުރާމަ ކުރަން ނޫޅޭތި،" މަސްއޫދު ވިދާޅުވިއެވެ.

އިރާނުން ބުނީ އިސްރާއީލަށް ދިން ހަމަލާތަކަށް އިސްރާއީލުން ބަދަލުހިފައި، އަދި މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދަން އިސްރާއީލުން އިތުރަށް އުޅޭ ނަމަ އިސްރާއީލު އެއްކޮށް ބަލިކޮށްލާވަރުގެ ބަދަލެއް ދޭނެ ކަމަށެވެ. އެ ގޮތުން އިސްރާއީލަށް ތާއީދުކުރާ މެދުއިރުމަތީގެ ގައުމުތަކުން އިސްރާއީލުގެ ސަރުކާރާ ގުޅުން ކަނޑައިލުމަށް އިރާނުން ގޮވައިލިއެވެ.

ސޫރިޔާގެ ވެރިރަށް ދިމިޝްގްގައި ހުރި އިރާންގެ ކޮންސިއުލޭޓްގައި ތިބި އިރާންގެ އޮފިޝަލުން މަރައިލުމާ ގުޅިގެން އިރާނުން މިދިޔަ އެޕްރިލް މަހު އިސްރާއީލަށް ދިން ހަމަލާތަކުގައި އިސްރާއީލު ދިފާއުކޮށްދިނީ އުރުދުން އާއި ސައޫދީ އަރަބިއްޔާ ކަމަށް ތުހުމަތުކުރެވެއެވެ.

އިރާނުން ބުނީ އިސްރާއީލަށް ހަމަލާ ދިނީ ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ހުކުރު ދުވަހު ޝަހީދުކޮށްލުމާއި ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވެސް ޝަހީދުކޮށްލުމުން ކަމަށެވެ.

"އިތުރު ބެލިސްޓިކް މިސައިލްތައް ވެސް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައި،" އިރާންގެ އޮފިޝަލަކު ބުންޏެވެ.

އިރާންގެ ވެރިން މިހާރު ދެކެނީ ހަނިއްޔާ އަވަހާރަކޮށްލުމުން އިރާނުން ފިޔަވަޅެއް ނާޅާ ތިބުމުން އެ ކަމުން ނަތަންޔާހޫއަށް ނުބައި މެސެޖެއް ލިބި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންއަންނަ މީހުން ޝަހީދުކުރުމުގެ ބުރެއް ފެށީ ކަމަށެވެ.

ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އަވަހާރަވި އިރާނުގެ ކުރީގެ ރައީސް އިބްރާހީމް ރައިސީ އެޕްރިލް މަހު ވަނީ އިސްރާއީލަށް ހަމަލާދީފައެވެ. މަސްއޫދު ވިދާޅުވީ ރައިސީ ދެއްކެވި ހަރުކަށިކަން އޭނާ ނުދެއްކެވީ އިސްރާއީލުން ހަމާސްއާއެކު އަވަސް މުއްދަތެއްގައި ސުލްހައިގެ އެއްބަސްވުމަކަށް އަންނާނެ ކަމަށް އެއިރު ގަބޫލުކުރެވިފައިވާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *